Advertisement

އުރީދޫ ނޭޝަން އިންޓަ-ރިސޯޓު ޗެމްޕިއަންޝިޕް 16 ޓީމަކާ އެކު މާދަމާ ފަށަނީ

އުރީދޫ ނޭޝަންގެ ކުރީގެ މުބާރާތުގެ ތެރެއިން: މި މުބާރާތުގައި ކުޅެނީ އެމްއެލްބީބީ އާއި ޕަބްޖީ -- ފޮޓޯ: އުރީދޫ


އުރީދޫ ނޭޝަން އިންޓަ-ރިސޯޓު ޗެމްޕިއަންޝިޕް 16 ޓީމަކާ އެކު މާދަމާ ފަށަނީ

ރިސޯޓު ކޮމިއުނިޓީއަށް ހާއްސަކޮށްގެން އުރީދޫ ނޭޝަން އިންޓަ-ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ އެ މުބާރާތުގައި 10 ރިސޯޓަކުން 16 ޓީމަކުން ދެ މޮބައިލް އީސްޕޯޓްސް ޓައިޓަލް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް (ޕަބްޖީއެމް) ގައި ވާދަކުރާނެ އެވެ.

އުރީދޫއިން ބުނީ އޮންލައިންކޮށް ކުރިއަށްގެންދާ އެ މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އީގޭމިންއަށް ޝައުގުވެރިވަ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އެންގޭޖްމަންޓާއި އިންކްލޫޝަން އަދި ރަހުމަތްތެރި ކަމުގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000ރ. ކަނޑައަޅާފައިވާއިރު، ދެވަނައަށް 3،000ރ. އަދި ތިންވަނައަށް 2،000ރ. ވަނީ ކަނޑައަޅައިފަ އެވެ.

މުބާރާތުގެ ފޯމެޓާއި ހައިލައިޓްސް:

• އެމްއެލްބީބީ: ނޮކްއައުޓް ބުރުތައް ހިމެނޭ ސިންގަލް އެލިމިނޭޝަން ބްރެކެޓެއް، ހުކުރު ދުވަހުގެ ރޭ ސެމީ ފައިނަލް މެޗާއި ހޮނިހިރު ދުވަހުގެ ރޭ ބޭއްވޭ ތިން ވަނަ ޕްލޭއޮފް އަދި ގްރޭންޑް ފައިނަލް.

• ޕަބްޖީއެމް: ބެޓްލް ރޯޔަލް ފޯމެޓެއް، ގްރޭންޑް ފައިނަލްސް ދެ ދުވަހަށް ބަހާލައިގެން، ހުކުރު ދުވަހު ހަ މެޗެއް އަދި ހޮނިހިރު ދުވަހު އިތުރު ހަ މެޗެއް.

އުރީދޫ ނޭޝަންގެ ޔޫޓިއުބް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޓަ-ރިސޯޓް ޗެމްޕިއަންޝިޕަކީ ލޯކަލް އީސްޕޯޓްސްގައި މިހާރު ހަރަކާތްތެރިވަމުންދާ ފަރާތްތައް ބާރުވެރިކޮށް ވާދަވެރި މައިދާނެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.

މިއީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.