Advertisement

ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓު

މާލެއަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ދުވަހެއްގައި ނަގާފައި ފޮޓޯ: މިއަދު މާލޭ ސަރަހައްދު ހިމެނޭހެން ބައެއް ރަށްތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުން. -- ފޮޓޯ: އަދަދު


ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓު

މާލޭ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ޔެލޯ އެލާޓު ނެރެފި އެވެ.

މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 އާ ހަމައަށް ޔެލޯ އެލާޓު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެ އެވެ. މިއަދުގެ ފަތިހުން ފެށިގެން މާލެ އަށް ދަނީ ހުއްޓުމެއް ނެތި ވާރޭ ވެހެމުންނެވެ.

ޔެލޯ އެލާޓު ނެރެފައިވާ އޮޅުތައް ފިޔަވައި ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

މިއަދުގެ މޫސުން

  • އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށިގެންވޭ.
  • ވައިޖެހޭނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލަށް. އުތުރުގެ އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގު އުތުރުން 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި 40 މޭލަށް
  • މެދުރާއްޖެތެރެ އާއި ދެކުނުގައި ކަނޑުތައް ގަދަވާނެ. އުތުރުގައި އާދައިގެ ވަރަކަށް ގަދަވެވެފައި، ވިލާގަނޑުގައި ގަދަވާނެ
  • ރާޅުގެ އުސްމިން ހުންނާނީ 4-7 ފޫޓު