Advertisement

ވެމްކޯގެ ކާމިޔާބުގެ އަސްލަކީ ކުޅުންތެރިންގެ ގުޅުން: ޖޫޒާން

6 މޭ 2025 - 16:34 0

އަތޫފް އާތިފް

އަތޫފް އާތިފް


ވެމްކޯގެ ކާމިޔާބުގެ އަސްލަކީ ކުޅުންތެރިންގެ ގުޅުން: ޖޫޒާން

6 މޭ 2025 - 16:34 0

ކްލަބް ވެމްކޯ އަށް އަންހެން ވޮލީބޯޅަ ޑޮމިނޭޓް ކުރެވެނީ ކުޅުންތެރިންގެ މެދުގައި އޮންނަ އިތުބާރެއްގެ ބޮޑު ކަމުން ކަމަށް، ގައުމީ ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ކުޅަދާނަ ސެޓަރު، ޖޫޒާން ޒަރީރް (ޖޫޒް) ބުނެފި އެވެ.

ވެމްކޯ އިން މި ފަހަރުގެ އަންހެން ޑިވިޝަނުގެ ވޮލީގައި ވަނީ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ލީގު ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބުންނެވެ. މިއީ، ވެމްކޯ އިން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރި ފަސް ވަނަ ފަހަރެވެ. އަދި، ގައުމީ މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.

މި ކާމިޔާބީ އަށް ފަހު ވާހަކަ ދައްކަމުން، ގައުމީ ޓީމުގެ ސެޓަރު، ޖޫޒާން ބުނީ މި ފަހަރުގެ ވޮލީ ސީޒަނަކީ ހުރިހާ ގޮތަކުން ވެސް އުނދަގޫ މުބާރާތްތަކެއް ކަމަށެވެ. އެ ގޮތުން، ކުރިން މެޗުތަކަށް ނުކުންނައިރު، ޔަގީނުން ވެސް ބަލިކުރެވޭނެ ޓީމުތައް ތިބި ކަމަށާއި، އެކަމަކު މި ފަހަރު އެ ފުރުސަތު ނުލިބޭ ކަމަށެވެ.

"ވަރަށް ޗެލެންޖިން އަސްލު މި ފަހަރު ހުރިހާ މެޗެއް ވެސް. ވަކި ޓީމަކަށް ފަސޭހަވާނެއޭ ކިޔާފައި އަންނަވަރު ޓީމެއް މި ބުރު އަސްލު ނެތް. ލީގުގަވެސް އެސޯސިއޭޝަން ކަޕްގަ ވެސް މި މުބާރާތުގައި (ގައުމީ މުބާރާތް) ވެސް." ޖޫޒާން ބުންޏެވެ.

އޭނާ ބުނީ ވެމްކޯގެ ތަފާތުގެ އަސްލަކީ މެޗުތަކަށް ކުޅުންތެރިން ކުރާ ފޯކަސްގެ އިތުރުން ކުޅުންތެރިން އެކަކު އަނެކަކަށް ކުރާ އިތުބާރު ކަމަށެވެ. އަދި، ވެމްކޯ އަކީ ވަކި މޮޅު ކުޅުންތެރިޔަކަށް ޑިޕެންޑް ނުވެ އެކަކު އަނެކަކަށް ބަރޯސާވެގެން ކުޅޭ ޓީމެއް ކަމަށް ޖޫޒާން ފާހަގަކުރި އެވެ.

"އެންމެން ވެސް ހަމަ ގަބޫލުކުރޭ ޖޫޒް އަކީ ވެސް މިސްޓޭކް ހަދާނެ މީހެއްކަން. އެކަމަކު، އެ މިސްޓޭކް ހެދުނަސް އެ މީހުން ނަގާ ކޮޅަށް ޖަހާދޭނެކަން ގަބޫލުކުރާނެ. އެ ޓްރަސްޓް އެންމެން އެކަކު އަނެކަކަށް ކުރާނެ. އަސްލު އެ ޓްރަސްޓް ކަންނޭނގެ ވެމްކޯގެ ތަފާތަކީ. ވަކި މީހަކަށް ޑިޕެންޑް ނުވެ މުޅި ޓީމު އެކަކު އަނެކަކަށް ޑިޕެންޑްވެގެން ކުޅޭ ޓީމެއް އަސްލު ވެމްކޯ އަކީ އެއީ އަސްލު ވެމްކޯގެ ތަފާތަކީ" ޖޫޒާން ބުންޏެވެ.