Advertisement

ފޭސް 2 ގެ ސްކޫލަކަށް ދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ހުޅުމާލެ ފޭސް 2: ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ވަނީ ފަށާފައި -- ފޮޓޯ: އަދަދު ފައިލް


ފޭސް 2 ގެ ސްކޫލަކަށް ދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

މިއަދު ހެނދުނު ފޭސް 2 ގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ އެ ކުއްޖާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 08:30 ގައި ކަމަށެވެ.

"ހިޔާ ޓަވަރު 8 އިން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ވަނީ ކަށަވަރު ކުރެވިފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ސްކޫލް ގުޅިގެން ކަމަށެވެ.

މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.