Advertisement

އަދީލް ދެކޭގޮތުގައި ވެމްކޯގެ ކާމިޔާބީގެ ސިއްރަކީ ޓީމުގެ ރޫހު

5 މޭ 2025 - 13:37 0

އަތޫފް އާތިފް

އަތޫފް އާތިފް


އަދީލް ދެކޭގޮތުގައި ވެމްކޯގެ ކާމިޔާބީގެ ސިއްރަކީ ޓީމުގެ ރޫހު

5 މޭ 2025 - 13:37 0

ގައުމީ ވޮލީބޯޅަ މުބާރާތް ހަތަރު ވަނަ ފަހަރަށް ކްލަބް ވެމްކޯ އަށް ކާމިޔާބުކުރެވުނީ މުޅި ޓީމުގެ ރޫހުގެ ސަބަބުން ކަމަށް ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ވެމްކޯއިން އަންނަނީ މިދިޔަ އަހަރުތަކުގައި އަންހެން ވޮލީބޯޅަ ޑޮމިނޭޓް ކުރަމުންނެވެ. އެ ގޮތުން، އެ ޓީމުން ވަނީ ވިދިވިދިގެން ފަސް ފަހަރު އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ގައުމީ މުބާރާތް ވިދިވިދިގެން ކާމިޔާބުކުރި މިއީ ހަތަރުވަނަ ފަހަރެވެ. އެކަމަކު، ވެމްކޯ އަށް މި އަހަރުގެ ގައުމީ ލީގު ވަނީ ގެއްލިފަ އެވެ.

ވެމްކޯ އިން ގައުމީ މުބާރާތް ރޭ ކާމިޔާބުކުރީ 3-2 ސެޓުން ވާދަވެރި ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ.

ރޭގެ ފައިނަލަށް ފަހު ވެމްކޯގެ ކޯޗު އަދީލް ބުނީ ރޭގެ މެޗު ކާމިޔާބުކުރެވުނީ، ކުޅުންތެރިން ދޫނުކޮށް ކުރި މަސައްކަތުން ކަމަށެވެ.

"ސެޓު ގެއްލުމުންވެސް ހަމަ އެންމެ ތަނެއްވެސް ދޫނުކޮށް، މި ގެންނަނީ މި ގެންނަނީ ކިޔާލަ ކިޔާލަ ކުޅުންތެރިން ކުރި މަސައްކަތް މިއީ" އަދީލް ބުންޏެވެ.

އަދީލް ބުނީ އަންހެން ވޮލީ ސީޒަނުގައި މި ކުޅުނު ތިން މުބާރާތުގައި ވެސް ވެމްކޯގެ ޕާފޯމެންސް ޖުމްލަކޮށް ރަނގަޅު ކަމަށެވެ. އެކަމަކު ލީގު އަތުން ދިޔައީ ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އެންމެ މުހިންމު މެޗު ގެއްލުނީމަ ކަމަށެވެ.

"ސެޓުތައް ގެންލުނީމަ ވެސް ކުޅުންތެރިން ޓީމެއްގެ ގޮތުގައި ހިފާލާ ތަންކޮޅު އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރަން އެނގޭތޯ. ހަމަ އެ އިންނަ ސްޕްރިޓް ރަނގަޅުވުމުން ހިފާލީމަ އެބައާދޭ." އަދީލް ބުންޏެވެ.

މީގެ އިތުރުން މެޗަށްފަހު ވާހަކަ ދައްކަމުން ޕޮލިސް ކްލަބްގެ ކޯޗު މުނާ މުނީރް (މުންނަ) ބުނީ، ފައިނަލަށް ނުކުތްއިރު، ޕޮލިސް ކްލަބަށް ދިމާވެފައިވާ އަނިޔާގެ މައްސަލައާ ވަރުބަލިކަން ފާހަގަވި ކަމަށެވެ.

މުނާ ބުނީ މި މުބާރާތުގައި ޕޮލިހުގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަ ޖެހޭ ކަމަށެވެ. އެކަމަކު ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުމުން އޭގެ އުނދަގޫ ޕޮލިހަށް ދިމާވި ކަމަށެވެ.