ދިވެހި ހާރިޖިއްޔާގެ ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި މއ. ރެސްޓިންހައުސް, ފާތިމަތު އިނާޔާ އެ މަގާމުން އިސްތިއުފާ ދީފި އެވެ.
ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިިވި ނަމަވެސް ފޮރިން މިނިސްޓްރީގައި ސެކްރެޓަރީއެއްގެ މަގާމު އިނާޔާ އަދާކުރައްވާނެކަން އަދަދު އަށް ވަނީ އެނގަފަ އެވެ.
އެ މަގާމަށް އިނާޔާ އައްޔަނުކުރުމުގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ. އިނާޔާއަކީ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
ފޮރިންސް ސެކްރެޓަރީގެ މަގާމަށް އިނާޔާ ހަމަޖައްސާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ. އޭނާ އައްޔަނުކުރީ ޑިސެމްބަރު 12، 2023 ގަ އެވެ.
Comment