Advertisement

އުރީދޫ މޯލްޑިވްސް އިން 20 މީހުންނާއެކު ކަނޑު އަޑީގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ ރެކޯޑެއް ހެދުން -- ފޮޓޯ: އުރީދޫ


އުރީދޫ މޯލްޑިވްސް އިން 20 މީހުންނާއެކު ކަނޑު އަޑީގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި 20 މީހުންނާ އެކީގައި ބ. ފުޅަދޫގެ ކަނޑު އަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައި ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

އެ ޕެނަލް ޑިސްކަޝަންގައި ގިނިސް ވޯލްޑް ރެކޯޑު ހެދުމަށް ފަސް ޕެނަލިސްޓުންގެ ތެރެއިން ކޮންމެ ޕެނަލިސްޓަކު ކަނޑުއަޑީގައި ދެ މިނެޓަށްވުރެ ގިނައިރު ވާހަކަ ދެއްކި އެވެ.

އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން ހެދި ރެކޯޑުން ސާބިތުވީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް." އޭނާ ވިދާޅުވި އެވެ.

ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ޕެނަލިސްޓުން:

• މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް

• އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ.

• ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް، އެމްއެންޑީއެފް

• އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް، ޝަބީން އަލީ

• އުރީދޫ މޯލްޑިވްސްގެ ސީނިއާ މެނޭޖާ، ޓްރާންސްމިޝަން އަފްޝީން މުހައްމަދު

އެ ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ ޝިއުރީ އިބްރާހިމް އަދި އުރީދޫގެ އިސްވެރިން އަދި ރާއްޖެއިން ބޭރުގެ މީހުން ވަނީ ބައިވެރިވި އެވެ.

އުރީދޫ އިން ބޭއްވި އެ ޕެނަލް ޑިސްކަޝަންގެ ސަބަބުން ޓެކްނޮލޮޖީއާއި އިނޮވޭޝަނަށް ވަނީ އަލިއަޅުވާލި އެވެ. އެ ކާމިޔާބީގެ ސަބަބުން އުރީދޫގެ ދައުރަކީ ހަމައެކަނި ޓެލެކޮމް ގެ ހިދުމަތް ދޭ ކުންފުންޏެއް ނޫން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުން އަންނަ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު ފާހަގަވި ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ 3ޖީ، 4ޖީ އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށް، މީހުން ގުޅުވައިދީ، އުނގެނުމާއި، މަސައްކަތްކުރުމާއި، ކުރިއަރަމުން އަންނަ ގޮތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެވެ.

ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫ ދެމިއޮންނާނީ އިންކްލޫސިވް، ގުޅިފައިވާ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކީގައި ކަމަށް އެ ކުންފުނިން ބުްޏެވެ