Advertisement

ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް ބާއްވައިފި

ތައިލެންޑް-މޯލްޑިވްސް މެޗިން ފޯރަމް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް ބާއްވައިފި

ތައި ޓްރޭޑް ސެންޓާ، ޗެންނާއި، އިންޑިއާ އިން އިންތިޒާމުކޮށްގެން ބޭއްވި ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް ކާމިޔާބުކަމާ އެކީ މިއަދު ނިންމާލައިފި އެވެ.

މާލޭގެ ހޮޓެލް ޖެންގައި ބޭއްވި އެ ފޯރަމްގައި ތައިލެންޑުގެ 30 ކުންފުންޏަކުން ބައިވެރިވެ، އެ ފޯރަމްގައި ބައިވެރިވި ދިވެހި ވިޔަފާރިވެރިންނާއި ސަރުކާރު އޮފިޝަލުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

އެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތައި ޓްރޭޑް ސެންޓާ، ޗެންނާއި، އިންޑިއާގެ ޑިރެކްޓަރު ޗެކް ޖީނަފަން ވިދާޅުވީ ފޯރަމްގައި ރާއްޖެ އާއި ތައިލެންޑުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ތައިލެންޑް-މޯލްޑިވްސް މެޗިން ފޯރަމް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


"ތައިލެންޑާއި ރާއްޖެއަކީ ވިޔަފާރީގެ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުން ވެސް ގުޅުން އޮތް ދެ ގައުމު. އެގޮތުން މި ފޯރަމުން އިތުރު ދާއިރާތަކުން ވެސް ދޮރުތައް ހުޅުވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެ ފޯރަމްގައި ތައިލެންޑުގެ ވެލްނަސް، ފުޑް އެންޑް ބެވަރެޖް، ތާޒާ މޭވާ އާއި ތަރުކާރީ އަދި ގޭގައި ބޭނުންކުރާ އުފެއްދުންތައް ހުއްޓެވެ.

މިއީ ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް ރާއްޖޭގައި ވިދިވިދިގެން ބާއްވާ ތިންވަނަ ފަހަރެވެ. މިދިޔަ ދެ އަހަރު ވެސް އެ ފޯރަމް ކާމިޔާބުކަމާ އެކީގައި ވަނީ ބާއްވާފަ އެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރުގެ ވިޔަފާރިވެރިން ގުޅުވުމަށް މިފަދަ ފޯރަމްތައް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.