about 20 hours 0
އަހުމަދު އާއިދު
about 20 hours 0
ތައިލެންޑުގައި އުފައްދާ ތިން ބޭހެއްގައި ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ނުރައްކާތެރި ކެމިކަލެއް ހުރި ކަމަށް ތަހުލީލުތަކުން ދައްކައިފައިވާތީ އެކަމަށް ދިވެހިން ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ތިން ބޭހުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ހުރިކަމަށް ދެއްކީ ތައިލެންޑުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ތަހުލީލުތަކަކުންނެވެ.
މީގެތެރެއިން މެޓްމޯފިން އަކީ ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި ހަކުރު ބައްޔަށް ފަރުވާއެއްގެ ގޮތުގައި ދޭ ބޭހެކެވެ. ރެނިޓިޑައިން އަކީ އެސިޑް ރިފްލަކްސް އަދި ގޭހަށް ދޭ ބޭހެކެވެ. ދެން ހިމެނެނީ ވިޓަމިން އޭ ޓެބްލެޓެކެވެ.
މިތަނުން އެއްވެސް ބޭހެއް އާންމު އުސޫލުގެ ތެރެއިން ރާއްޖެއަށް އެތެރެކޮށްފައިވާކަން އެނގިފައިނުވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ. ނަމަވެސް ސަމާލުވާން އަންގާފައިވަނީ ތައިލެންޑަކީ ދިވެހި ބޭސްވެރިކަމަށް ގިނައިން ދަތުރުކުރާ ގައުމަކަށް ވެފައި އެ ދަތުރުތަކުގައި ގޮސް އަމިއްލައަށް ބޭސް ގެންނާތީ އެވެ.
އަދި، މިކަމަށް ރައްކާތެރިވުމުގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯޓުކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ވެސް އެ އެޖެންސީ އިން ބުނެފައިވެ އެވެ.
Comment