Advertisement

އެޕަލްގެ ހިދުމަތް ލިބޭ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެ

އުރީދޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެޕަލްގެ ހިދުމަތް ލިބޭ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެ

އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް އެޕަލް ވޮޗް ސެލިއުލާ ތައާރަފް ކުރުމާ ގުޅިގެން، އެޕަލްގެ ހިދުމަތް ލިބޭ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެ އަރައިފި އެވެ.

އެޕަލްގެ ވެބްސައިޓުން ފެންނަ ގޮތުގައި އެ ކުންފުނީގެ އެޕަލް ވޮޗް ސެލިއުލާ ހިދުމަތް ލިބޭ 60 ގައުމުގެ ތެރޭގައި ރާއްޖެ ހިމަނާފައިވެ އެވެ. އަދި އެ ހިދުމަތް ދެނީ އުރީދޫއިން ކަމަށް ވެސް ލިސްޓުކޮށްފައިވެ އެވެ.

އުރީދޫ އީސިމް ވެއާރަބަލްސްގެ ހިދުމަތް އެޕްލް ވޮޗް ގެންގުޅޭ ކަސްޓަމަރުންނަށް އެ ކުންފުނިން ތައާރަފު ކޮށްފައިވާއިރު، މިހާރު ކުރިއަށްދާ ހާއްސަ އޮފާގެ ދަށުން ހިދުމަތް ހޯދާ އެންމެންނަށް ހަ މަސް ދުވަހަށް އެ ހިދުމަތް ހިލޭ ލިބޭނެ އެވެ.

މީގެއިތުރުން އެ އޮފާގެ މުއްދަތު ހަމަވުމުން، ކޮންމެ މަހަކު ހިދުމަތަށް ނަގާނީ 200ރ. އެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް އެ ހިދުމަތް ވަނީ ހުޅުވާލައިފަ އެވެ،

އެ ހިދުމަތް ހޯދާ ކަސްޓަމަރުން ކައިރީގައި އައިފޯން ނެތްކަމުގައި ވިޔަސް ސީދާ އެޕަލް ވޮޗް ބޭނުން ކޮށްގެން ގުޅައި މުއާމަލާތް ކުރެވޭނެ އެވެ.

އެޕަލް ވޮޗް ސީރީޒް 10، އެޕަލް އަލްޓްރާ 2 އަދި އެޕަލް ވޮޗް އެސްއީ ފަދަ އެޕަލް ވޮޗް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އިތުބާރު ކުރެވޭ ރީޓެއިލް ޕާޓްނަރުންނާ ގުޅިގެން މޫލީ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.