1 މޭ 2025 - 19:16 0
ލީވާން އަލީ ނާސިރު
1 މޭ 2025 - 19:16 0
މިދިޔަ މާޗު މަހުން ފެށިގެން އެލައިޑު އިސްލާމިކް ވިންޑޯއިން ފެށި ކަމަނަ ޕްލޭންގެ ޕްރޮމޯޝަނުގެ މުއްދަތު މެއި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެލައިޑުން ބުނީ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައި އޮތް އެ ޕްރޮމޯޝަން މެއި މަހުގެ ނިޔަލަށް އިތުރުކުރީ ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ބެލުމަށްފަހު ކަމަށެވެ.
ކަމަނަ ޕްލޭން ނަގާ ކޮންމެ މީހެއްގެ ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން 100 ޕަސަންޓު ޑިސްކައުންޓު ލިބޭ އޮފާ އަދިވެސް ކުރިޔަށްދާނެ ކަމަށް އެލައިޑުން ބުންޏެވެ.
އަންހެނުންނަން ޚާއްޞަ މާލީ ރައްކާތެރިކަމެއް ޔަގީންކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ކަމަނަ ޕްލޭނެކެވެ.
މާލީގޮތުން ދުރާލާ ތައްޔާރުވުމަށް އެހީވެދޭ އެ ޕްލޭނުން ފޯރުކޮށްދޭ ކަވަރޭޖްތަކުގެ ތެރޭގައި ފުރާނައަށް ގެއްލުން ހުރި ބައްޔެއް ޖެހިއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދީ، ތިން އަހަރުން އެއް ފަހަރު ހިލޭ އަންހެނުންނަށް ހާއްސަ ތިން ބާވަތުގެ ކެންސަރަށް ސްކްރީނިން ހެދޭނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.
މީގެއިތުރުން އެކްސިޑެންޓެއް ދިމާވެގެން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަދި ޕްލޭންގެ މުއްދަތުގެ ތެރޭގައި ނިޔާވެއްޖެނަމަ އާއިލާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ވެސް ޕްލޭނުގެ ތެރޭގައި ހިމެނެ ހިމެނެއެވެ.
މީގެ އިތުރުން ވެސް މިޕްލޭންގެ އެންމެ ހާއްސަ ސިފައަކީ ކުރިން ބުނެދިޔަ ހާލަތްތަކުގައި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްފަހު ވެސް، އެ ޕްލޭން ކުރިޔަށްދާ އުސޫލު ކަނޑައެޅިފައިވުމެވެ.
ނަތީޖާއެއް ގޮތުން، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހި، ޕްލޭނުގެ މުއްދަތު ފުރިހަމަވަންދެން ޕްލޭން ކުރިޔަށްދިޔުމާއި އެކު، އެމުއްދަތުގައި ލިބޭ އިމަރޖެންސީ ފަންޑުވެސް ލިބޭނެ ގޮތް ވަނީ ފަހިވެފަ އެވެ،
އެއަށްފަހު ޕްލޭނުގެ މުއްދަތު ހަމަވުމުން ގަނޑުކޮށް ފައިސާ ލިބޭނީ އެއްކުރެވިފައިވާ ފައިސާއާއި އެއަށް ލިބިފައިވާ ފައިދާއާ ވެސް އެކުގަ އެވެ.
ކަމަނަ ޕްލޭނާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން ދަނީ އެކި އޮފީސްތަކާއި މުއައްސަސާތަކަށްވެސް މައުލޫމާތު ސެޝަން ރާވާ ހިންގާދެމުންނެވެ.
މިފަދަ އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތްތަކުން ހޮޓްލައިން ނަމްބަރ 1600 އަށް ގުޅުއްވުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން އެދެ އެވެ.
Comment