Advertisement

އިޒްރޭލުގެ ވެރިރަށް ކައިރީ ޖަންގަލީގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

އިޒްރޭލުގެ ވެރިރަށް ގުދުސް ކައިރި ޖަންގަލީގައި ވަރަށް ބޮޑަށް ރޯވުން: އަލިފާން ނިއްވުމަށް ގައުމުތަކުގެ އެހީއަށް އިޒްރޭލުން ވަނީ އެދިފައި -- ފޮޓޯ؛ ރޮއިޓާސް


އިޒްރޭލުގެ ވެރިރަށް ކައިރީ ޖަންގަލީގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

އިޒްރޭލުގެ ވެރިރަށް ގުދުސް ކައިރީގައި އޮންނަ ޖަންގަލީގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ރޯވި އަލިފާންގަނޑު ފެތުރެން ފަށައިފި އެވެ.

އަލިފާނުގެ ހާދިސާގައި މިހާތަނަށް 13 މީހުން ޒަހަމްވެފައިވާއިރު، އެއްވެސް މީހަކު މަރުވި ކަމެއް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އިޒްރޭލުން ދަނީ ސިފައިންގެ އެހީތެރިކަމާ އެކު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޓްރެފިކުން ތޮއްޖެހިފައި އޮތް ހައިވޭއަށް ކާރުތައް ދޫކޮށްލާފައި މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގޮސްފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިޓަލީ އާއި ކްރޮއޭޝިއާ އިން އަލިފާން ނިއްވަން އެހީތެރިވުމުގެ ގޮތުން މަތިންދާ ބޯޓުތަކެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން އަލިފާން ނިއްވުމަށް ގްރީސް، ސައިޕްރަސް އަދި ބަލްގޭރިއާ އިން ވެސް އަލިފާން ނިއްވަން އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން ވަނީ އެދިފަ އެވެ.