Advertisement

އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި

29 އޭޕްރީލް 2025 - 11:09 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަކްރަމް ކަމާލުއްދީން: އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ހައި ކޯޓުން ވަނީ ބާތިލުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި

29 އޭޕްރީލް 2025 - 11:09 1

"ގެދޮރުވެރިޔާ" ސްކީމުގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ހިފަހައްޓަން ދަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު ހައި ކޯޓުން ބާތިލުކުރީ އެ އަމުރު ގޯސްކޮށް ނެރުނު ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި އަކްރަމްގެ ފަރާތުން ބަޔާން ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. މީގެ ދަށުން ގިނަ ނުކުތާތަކެއް އޭނާގެ ފަރާތުން ފާހަގަ ކުރި އެވެ.

އެގޮތުން، ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް އަކްރަމް ވިދާޅުވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާކަން އަކްރަމްގެ ފަރާތުން ފާހަގަ ކޮށްފައިވެ އެވެ.

އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ހައި ކޯޓުން ބާތިލުކުރީ އެ މައްސަލަ ދެ ފަހަރެއްގެ މަތިން އެ ކޯޓުގައި އިސްތިއުނާފުކޮށްގެންނެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ފުރަތަމަ އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ނުގަތުމަށް ނިންމި އެވެ. ނަމަވެސް އެ މައްސަލަ ބަލައި ނުގަންނަން ރަޖިސްޓްރާ ނިންމި މައްސަލަ ބެލުމަށްފަހު ހައި ކޯޓުން އެ ނިންމުން ބާތިލުކުރުމުން، ދެވަނަ ފަހަރަށް މައްސަލަ އިސްތިއުނާފަށް އޭނާ ހުށަހެޅި އެވެ.

އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެންނެވެ. އޭނާގެ ޕާސްޕޯޓު އޭރު ހިފެހެއްޓީ ފެބްރުއަރީ 18، އާ ހަމައަށެވެ.

އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލުކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ.