Advertisement

ޓްރީ ޓޮޕްގެ "އެސްތެޓިކް" ހިދުމަތްތަކުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޑިސްކައުންޓު

29 އޭޕްރީލް 2025 - 10:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޓްރީ ޓޮޕްގެ "އެސްތެޓިކް" ހިދުމަތްތަކުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޑިސްކައުންޓު

29 އޭޕްރީލް 2025 - 10:26 0

ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އެސްތެޓިކް" ހިދުމަތްތަކުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް 10 ޕަސަންޓު ޑިސްކައުންޓް ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ޓްރީ ޓޮޕުން ބުނީ އެ ސްކީމްގެ ދަށުން ހަންގަނޑު ރީތިކޮށް ދެމެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"ހަމުގެ ހިދުމަތްތަކުގެ ތެރޭގައި އިސްތަށި ނައްތާލުމާއި، ލަކުނު ފިލުވުމާއި، ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ހިދުމަތްތައް ހިމެނޭ. ދަތްޕިލަ ރީތިކުރުމުގެ ހިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިން އަދި ޑެންޓަލް ޕޮލިޝިން ހިމެނޭ،" ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެސްތެޓިކް ހިދުމަތްތައް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ "އެކްސްއެލް ހާމޮނީ ޕްރޯ" ލޭޒާ މެޝިނެވެ. އަދި އެ ފަރުވާ ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ ލަފާގެ މަތިންނެވެ.

ދަތުގެ ފަރުވާތަކަށްވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި "އެސްތެޓިކް ޑެންޓިސްޓްރީ" ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުންވެސް ހިމެނެ އެވެ.

އޫރީދޫ ކްލަބް ޕްރިމިއާއަކީ އޫރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް އަމާޒުކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގެ ދަށުން، މެންބަރުންނަށް ތަފާތު އެކި އިމްތިޔާޒުތަކާއި، ހާއްސަ ޑިސްކައުންޓްތަކާއި، މަތީ ފެންވަރުގެ ދިރިއުޅުމުގެ ތަޖުރިބާތައް ލިބިގަތުމުގެ ފުރުޞަތު ހުޅުވިގެންދާ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.