Advertisement

ލަންކާގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބަލަން ތުރުކީ ކުންފުންޏެއްގެ ވަފުދެއް އެ ގައުމަށް ގޮސްފި

27 އޭޕްރީލް 2025 - 10:41 0

ތުރުކީގެ ޕެންތޯލް ގްރޫޕުގެ ވެރިން ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރާއެކު: އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރި -- ފޮޓޯ: ލަންކާ ހަކަތައާ ބެހޭ ވުޒާރާ


ލަންކާގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބަލަން ތުރުކީ ކުންފުންޏެއްގެ ވަފުދެއް އެ ގައުމަށް ގޮސްފި

27 އޭޕްރީލް 2025 - 10:41 0

ސްރީ ލަންކާގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބަލަން ތުރުކީގެ ހާއްސަ ވަފުދެއް އެ ގައުމަށް ގޮސްފި އެވެ.

ތުރުކީއަށް ދިޔައީ ޕެންތޯލް ގްރޫޕުންނެވެ. ލަންކާގެ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުން ކަމަށެވެ.

ޕެންތޯލް ގްރޫޕުގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ އިސް ވެރިން ބައިވެރިވި އެ ދަތުރުގައި ސްރީ ލަންކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުންތަކުގައި، ހަކަތައިގެ ދާއިރާއިން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޯޓު ބިލްޑިންގެ ދާއިރާގެ އިތުރުން ޝިޕިން އަދި ޓެކްސްޓައިލް ދާއިރާއިން ދެ ގައުމުގެ މެދުގައި ވިޔަފާރި ކުރަން މަޝްވަރާކޮށްފައިވެ އެވެ.

ޕެންތޯލް ގްރޫޕުގެ މައި އޮފީސް ހުންނަނީ ތުރުކީގެ އިސްތަންބޫލުގަ އެވެ. ނަމަވެސް އެއީ ބައިނަލްއަގުވާމީ ކުންފުންޏެކެވެ. އެގޮތުން އެމެރިކާ، ޔޫރަޕު، މެދުއިރުމަތި އަދި އެފްރިކާގައި އެ ކުންފުނީގެ އޮފީސްތައް ހިންގަ އެވެ.

ތުރުކީގެ ވިޔަފާރިވެރިންގެ ގްރޫޕެއް ލަންކާއަށް ގޮސްފައި މި ވަނީ ތުރުކީއިން ރާއްޖެއަށް މަނަވަރެއް ހަދިޔާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެއީ މިސައިލު ހަރުކުރެވޭ ޒާތުގެ މަނަވަރެކެވެ. އެ މަނަވަރަށް ބޭނުންވާ މިސައިލު ތުރުކީއިން ގަންނަ އުޅޭކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ރާއްޖެއިން ވަނީ ތުރުކީ ސަރުކާރާ ގުޅުން އޮންނަ ކުންފުންޏަކުން މިދިޔަ އަހަރު ޑްރޯންތަކެއް ވެސް ގަނެފަ އެވެ. ޑްރޯންތައް ގަތުމަށް ދިވެހި ސަރުކާރުން 37 މިލިއަން ޑޮލަރު ހޭދަ ކުރި ކަމަށްވެ އެވެ.