Advertisement

އިރާނުގެ ބަނދަރެއްގައި އެއްޗެއް ގޮވައި އަށް މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ

27 އޭޕްރީލް 2025 - 15:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި އެއްޗެއް ގޮވުން: ހާދިސާގައި އަށް މީހުން ވަނީ މަރުވެފައި -- ފޮޓޯ: އޭޕީ


އިރާނުގެ ބަނދަރެއްގައި އެއްޗެއް ގޮވައި އަށް މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެ

27 އޭޕްރީލް 2025 - 15:49 0

އިރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު، ޝާހިދު ރަޖާއީ ޕޯޓުގައި ބާރުގަދަ އެއްޗެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހުން މަރުވެ، 750 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އިރާނުގެ ވެރިރަށް ތެހެރާންއާ 1،000 ކިލޯ މީޓަރު ދުރުގައި އޮންނަ އެ ބަނދަރުގައި ހިނގި އެ ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމަށް ހެލިކަޕްޓަރުތަކުން އެ ސަރަހައްދަށް ފެން އޮއްސި އެވެ.

ހާދިސާގައި ޒަހަމްވި މީހުން ކައިރި ހޮސްޕިޓަލުތަކަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ވަރަށް ބޮޑަށް އަލިފާން ވަނީ ރޮވެފަ އެވެ. އަދި ވަރަށް ބޮޑަށް ދުން އަރާތަން ވެސް ބައެއް ވީޑިއޯތަކުން ފެނެ އެވެ.

އިރާނުގެ އިންޓީރިއާ މިނިސްޓަރު އެސްކަންދަރު މޮމެނީ ވިދާޅުވީ އަލިފާން ނިއްވުމަށް ތެހެރާނުގެ އިތުރުން އެހެން ސިޓީތަކުން ޓީމުތަކާއި ވަސީލަތްތައް ފޮނުވަމުންދާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ހާދިސާ ހިނގި ބަނދަރަށް މީގެ ކުރިން ސޭފްޓީ އޮފިޝަލުން ޒިޔާރަތްކޮށް އެތަނުގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަންގާފައިވާ ކަމަށެވެ.

އެއްޗެއް ގޮވައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ބަނދަރުގައި ކޮންޓެއިނަރުތަކުގެ އިތުރުން ތެޔޮ ޓޭންކަރުތައް ހުރެ އެވެ.