ކޮންމެ ފިހާރައަކުން ވެސް، ކޮންމެ އަދަދަކަށް ރާސްޓަސް ކޮށްގެން އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.
ޖޫން މަހުގެ ނިޔަލަށް "ރާސްޓަސް ސަޕްރައިޒް" ގެ ނަމުގައި ކުރިއަށްދާ އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ބޮޑު އިނާމެއް އަދި މުޅި ޕްރޮމޯޝަނަށް ވެސް ބޮޑު އިނާމެއް ވަނީ ކަނޑައަޅާފަ އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވުމަށް:
- ރާއްޖޭގެ ކޮންމެ ފިހާރައަކުން ކޮންމެވެސް މިންވަރެއް ރާސްޓަސް ކުރުން.
- ހަފުތާއަކު 700ރ. އަށް ވުރެ ގިނަ ރާސްޓަސް ކޮށްގެން ހަފުތާގެ ބޮޑު އިނާމުގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ.
- ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒް ޑްރޯ ނެގޭނީ މުއަދަތުގެ ތެރޭގައި ރާސްޓަސް ކުރި ހުރިހާ އެންމެންނަށް.
ވީކްލީ ލަކީ ޑްރޯ އިނާމުތައް:
- އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 45 އެމްއެމް.
- އެޕަލް ވޮޗް ސީރީޒް 9 މިޑްނައިޓް 41 މިލިމީޓަރު.
- އައިފޯން 15 ޕްރޯ މެކްސް 256 ޖީބީ ބްލޫ ޓައިޓޭނިއަމް.
- ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް.
- އައިފޯން 11 ޕްރޯ މެކްސް ސްޕޭސް ގްރޭ 256 ޖީބީ.
- ސެމްސަންގް ގެލެކްސީ ވޮޗް6 44 އެމްއެމް ގްރެފައިޓް.
- ނިންޓެންޑޯ ސްވިޗް.
- ޓީސީއެލް 55" ޓީވީ.
- ސެމްސަންގް ގެލެކްސީ އެސް25 އަލްޓްރާ 256 ޖީބީ 12 ޖީބީ ޓައިޓޭނިއަމް ބްލެކް.
- 5،000ރ. ގެ ފައިސާގެ އިނާމު.
ގްރޭންޑް ޕްރައިޒް:
• 20،000ރ. ގެ ފައިސާގެ އިނާމު.
Comment