Advertisement

ވިލާ ކޮލެޖުގެ "އޯޕަން ޑޭ" އަދި "ޖޮބް ފެއާ" އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

23 އޭޕްރީލް 2025 - 16:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ވިލާ ކޮލެޖުގެ "އޯޕަން ޑޭ" އަދި "ޖޮބް ފެއާ" އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

23 އޭޕްރީލް 2025 - 16:02 0

ވިލާ ކޮލެޖުގެ "އޯޕަން ޑޭ" އަދި "ޖޮބް ފެއާ" 2025 އަންނަ ހޮނިހިރު ދުވަހު އެ ކޮލެޖުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އޯޕަން ޑޭޭ އަދި ޖޮބް ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވިލާ ކޮލެޖުގެ ކިއު އައި ކެމްޕަހުގަ އެވެ.

ވިލާ ކޮލެޖުން ބުނީ އޯޕަން ޑޭ ގައި އެ ކޮލެޖުގައި ހުރި އެކިއެކި ތައުލީމީ ފުރުސަތުތަކާއި ބެހޭ މައުލޫމާތު ދިނުމާއި އެކު ގިނަ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

"ވިލާ ކޮލެޖުން ކިޔަވަމުންދާ ދަރިވަރުންނާއި ބައްދަލުކޮށް އެކުދިންގެ ތަޖުރިބާ އޮޅުންފިލުވުމާއި، ކިޔަވައިދެއްވާ ލެކްޗަރައިންނާއި މަޝްވަރާކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" އެ ކޮލެޖުން ބުންޏެވެ.

އެޕްލިކޭޝަން ހުށަހެޅުމާއި ރަޖިސްޓްރީވުމަށް އެހީތެރިކަން

މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި، ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ކޯސްތަކަށް އެދި ހުށަހަޅާ ދަރިވަރުންނަށް ވަގުތުން ކޯހަށް ހޮވުނު ކަމުގެ ލިޔުން (އޮފާ ލެޓާ) ހަވާލުކުރުމާއި، ވަގުތުން ކޯހަށް ރަޖިސްޓަރީވުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

ކެރިއާ ސްކްރީނިން އަދި ކެރިއާ ގައިޑެންސް

އޯޕަން ޑޭއަށް ޒިޔާރަތް ކުރާ ދަރިވަރުންނަށް ކުރިއަށް ދާނެ މަގެއް ހިޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން، ވިލާ ކޮލެޖުގެ ދަށުން ހިންގާ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓާ (ވީ ކެއާ) ގެ ފަރާތުން ކެރިއާ ސްކްރީނިން އަދި ވަކިވަކިން ކެރިއާ ގައިޑެންސް ދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފަ އެވެ.

ހިލޭ ބައިވެރިވެވޭ ކްލާސްތައް

އޯޕަން ޑޭގެ ތެރެއިން ވިލާ ކޮލެޖުގައި ހިންގާ ބައެއް ކޯސްތަކުގެ ކްލާސްތައް ތަޖުރިބާކޮށްލެވޭނެ ގޮތަށް ހިލޭ ހިންގޭ ކްލާސްތަކެއް ވަނީ ހަމަޖެހިފަ އެވެ. އެ ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ތާވަލާ އެއްގޮތަށް ހޮނިހިރު ދުވަހު ވިލާ ކޮލެޖަށް ދިޔުމުން ކްލާސްތަކުގައި ބައިވެރިވުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ކޯސްތަކުގެ ކްލާސްތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭ ތާވަލު:

• ލޯ އެންޑް ޕޮލިޓިކަލް ސައިންސް: ހަވީރު 5:00 - 6:00 އަށް.

• ކަލިނަރީ އަރޓްސް: ހަވީރު 5:00 - 6:00 އަށް.

• އާޓް އެންޑް އިންޓީރިއާ ޑިޒައިން: ހަވީރު 5:00 - 6:00 އަށް.

• ސައިކޮލޮޖީ: ހަވީރު 6:00 - 7:00 އަށް.

• ރޮބޮޓިކްސް: ރޭގަނޑު 8:00 - 9:00 އަށް.

ކުޅިވަރު އަދި އިލްމީ އަދި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް

މި އޯޕަން ޑޭގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ލައިވް މިއުޒިކް ވެސް ކުރިއަށް ގެންދާނެ އެވެ.

އޭގެ ތެރޭގައި އާޓިފިޝިއަލް ރިއަލިޓީ (އޭއާރް) ވާޗުއަލް ރިއަލިޓީ (ވީއާރް) ގެ ޒަރީއާއިން އެކިއެކި ސިމިއުލޭޝަންތަކާއި، ތްރީޑީ ޕްރިންޓިން ފަދަ ކިޔަވައި ދިނުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު، ހިލޭ މެންޓަލް ހެލްތް ސްކްރީންނިން، ވިލާ ކޮލެޖުގެ އެކި އެކި ލެބްތަކާއި ވަސީލަތްތައް ބަލާލުމާއި ތަޖުރިބާކޮށްލަން ފުރުސަތު ދޭނެ އެވެ.

ޖޮބް ފެއާ

މި ފެއާގައި، ވިލާ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ބައެއް މަޝްހޫރު ކުންފުނިތަކުން އެކުންފުނިތަކުގައި ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

މީގެ ތެރޭގައި ހިމެނެނީ:

• ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް.

• ކްރޯ މޯލްޑިވްސް އެލްއެލްޕީ.

• ޑިލޮއިޓް.

• ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް).

• ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ).

• ޔުނިވާސަލް ރިސޯޓްސް.

• މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ).

• އުރީދޫ މޯލްޑިވްސް.

• ދިރާގު.

• ވިލާ ކޮލެޖު.

މަތީ ތައުލީމު ހާސިލްކުރުމާއި، ކެރިއާ ބިނާކުރުމަށް ވިލާ ކޮލެޖުން ފޯރުކޮށްދޭ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ހޯދުމަށް އަންނަ ހޮނިހިރު އޮންނަ އޯޕަން ޑޭ އަދި ޖޮބް ފެއާއަށް ޒިޔާރަތްކުރުމަށް ވިލާ ކޮލެޖުން ވަނީ އާންމުންނަށް ދައުވަތު ހުޅުވާލައިފަ އެވެ.