Advertisement

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް މުޖުތާޒު އައްޔަނު ކުރަނީ

23 އޭޕްރީލް 2025 - 13:35 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރެއްވި މުހައްމަދު މުޖުތާޒު -- ފޮޓޯ: ރައީސް އޮފީސް


ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމަށް މުޖުތާޒު އައްޔަނު ކުރަނީ

23 އޭޕްރީލް 2025 - 13:35 0

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބުރައީސް ކަމަށް މުޖުތާޒު އައްޔަނު ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބުރައީސް ކަމަށް މުޖުތާޒު އައްޔަނު ކުރުމުގެ މައްސަލަ މަޖިލީހުން މިއަދު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާޒު އައްޔަނު ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

މުޖުތާޒުއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މުޖުތާޒު ވަނީ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާސްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު 11، ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރަޝީދު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.

އިބްރާހިމް ރަޝީދު ވަކިކުރަން ކޮމިޓީން ފާސްކުރި ސަބަބެއް މިއަދާ ހަމައަށް ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު އަށް ވިދާޅުވީ އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.