23 އޭޕްރީލް 2025 - 12:14 0
މުހައްމަދު ޝަހްޒާން
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން؛ މިއަދުގެ ޖަލްސާގައި އޮތީ ހޯމް މިނިސްޓަރާ ސުވާލު ކުރުމުގެ އިތުރުން ބޯހިޔާވަހިކަމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
23 އޭޕްރީލް 2025 - 12:14 0
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ބްރޯޑްކޮމްގެ މެންބަރަކު އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް އިއުލާނު ކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ރައީސް އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް އިއްވީ މިއަދު އެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލައްވާފައި ވަނީ:
އެ ބޭފުޅުންގެ ތެރެއިން ބްރޯޑްކޮމްއަށް އައްޔަނުކުރަން ފެންނަ އެންމެ ރަނގަޅު ބޭފުޅެއް ކަނޑައަޅާނީ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ދެއްވާ މާކްސްގެ މައްޗަށް ބިނާކޮށެވެ. އެއަށްފަހު ވޯޓަށް އަހާ ވަރަށް މާކްސް ލިބޭ ބޭފުޅުންނަށް ރުހުން ދޭނީ މަޖިލީހުގެ ތަޅުމުންނެވެ.
ބްރޯޑްކޮމްއަކީ ބްރޯޑްކާސްޓު ދާއިރާގެ ބެލެނިވެރި މުއައްސަސާ އެވެ. އެ ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރޭތޯ ކަށަވަރުކޮށް ފިޔަވަޅު އެޅުމުގެ އިތުރުން ފްރީކުއެންސީ ޕްލޭން އެކުލަވާލުމާއި ބްރޯޑްކާސްޓިންއާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދިނުން ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment