Advertisement

އެފްއޭއެމްގައި މުޅި ރާއްޖެ ޝާމިލްވާނެ އިސްލާހެއް ހުށަހަޅައިފި

22 އޭޕްރީލް 2025 - 20:31 0

ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށިން ކުޅުނު މެޗެއްގެ ތެރެއިން ސައްޓު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


އެފްއޭއެމްގައި މުޅި ރާއްޖެ ޝާމިލްވާނެ އިސްލާހެއް ހުށަހަޅައިފި

22 އޭޕްރީލް 2025 - 20:31 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމުގައި މުޅި ރާއްޖެ ޝާމިލްވާނެ ގޮތަށް އެ ޖަމިއްޔާގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ޓީސީ ސްޕޯޓްސް ކްލަބުން ގިނަ މެމްބަރު ކްލަބްތަކެއްގެ ތާއީދާ އެކު ހުށަހަޅައިފި އެވެ.

މި ކަމުގައި އިސް ފަރާތެއްގެ ގޮތުން ހަރަކާތްތެރިވަނީ، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) އެވެ.

އެ ގޮތުން، ޓީސީން އެފްއޭއެމް މެމްބަރު 17 ކްލަބްގެ ތެރެއިން 10 ޓީމުގެ ސޮޔާ އެކު، ހުށަހެޅި އިސްލާހުގައިވާ ގޮތުން، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީިނަޖަނަލް އެސޯސިއޭޝަންތައް ހެދުމަށާއި އެ ހަތަރު ސަރަހައްދުގެ ކުލަބުތަކުން ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ބަސްބުނެ ވޯޓްލެވޭނެ ހައްްޤު ކަށަވަރު ކުރެވޭނެ އެވެ.

ހުށަހެޅިފައިވާ ބަދަލުގެ ތަފްސީލުތަކަށް ބަލާއިރު، ބެހިގެންދާ ހަތަރު ރީޖަނަލް އެސޯސިއޭޝަންތަކަކީ،

ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ.ހދ.ށ،ނ،ރ،ބ،ޅ،ކުޅުދުއްދުށި ސިޓީ)، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ،އއ،އދ،ވ،މ، ފ، ދ)، މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކުލަބުތައް، ސެކަންޑް ޑިވިޝަން އަދި 3 ވަނަ ޑިވިޝަން)، ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް​ (ތ،ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުެައައްމުލައް ސިޓީ، އައްޑޫ ސިޓީ) މީގެ އިތުރުން، ދިވެހި ޕްރިމިއަރ ލީގު އެވެ.

މި ބައިތަކަށް ޖުމްލަ އެކު، އެފްއޭއެމްގެ ކޮންގްރެސްގައި 64 ވޯޓު ލެވޭނެ އެވެ. އެއީ، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން، ސައުތު ރީޖަން، މީގެ ތެރެއިން ކޮންމެ ރީޖަން އަކަށް 11 ވޯޓުގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ 10 ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް ދެ ވޯޓުގެ މަގުން 20 ވޯޓެވެ.

މީގެ އިތުރުން ދެން އިސްލާހު ގެންނަން ހުށަަހަޅާފައިވާ މުހިންމު ތިން ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެ ކަންތައްތަކަކީ:

* ⁠ރީޖަނަލް އެސޯސިއޭޝަންތައް 12 މަސްދުވަހުގެ ތެރޭގައި އުފެއްދުން.

* ގިނަވެގެން 24 މަސްދުވަހުގެ ތެރޭގައި ރީޖަނަލް ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާނެ ގޮތާއި ރެލިގޭޓް ވާނެ ގޮތަށް ލީގުގެ ސްޓްރަކްޗާ ބަދަލުކުރުން.

*⁠ އެފްއޭއެމް މުބާރަތްތަކުގައި ޖެހިޖެހިގެން ފަސް އަހަރު ކުޅުމުން މެންބަޝިޕް ދިނުމަށް އޮންނަ މާއްދާ، ޖެހިޖެހިގެން ތިން އަހަރު ކުޅުމުން މެންބަޝިޕް ދޭގޮތަށް ބަދަލުކުރުން.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އެފްއޭއެމް ހިންގުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ނޯމަލައިިޒިން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. އެ ކޮމިޓީގެ މެންޑޭޓްތައް ފުރިހަމަ ކުރަން މި އަހަރުގެ ޖުލައިގެ ނިޔަލަށް މުއްދަތު ދީފައިވާއިރު، އެފްއޭއެމްގެ ދަރަނި ރިސްޓްރަކްޗާ ކުރުމަށް ފަހު، ދެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބަކާ ހަމައަށް ގެންދިއުމެވެ.

ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ އަސާސީ ގަވާއިދުގެ މަސައްކަތް ވީ އަވަހަށް ފުރިހަމަކޮށް، ފީފާގެ ސަސްޕެންޝަނަކުން ރާއްޖެ ސަލާމަތްކުރުމަށް ކްލަބްތަކުގެ އަތްމަތީގައި އޮތް ޒިންމާ އަދާކުރުމަށް އެދިފަ އެވެ.