Advertisement

ފަލަސްތީނިއަން އިސްލާމިކް ޖިހާދުގެ އިސްވެރިންތަކެއް ސީރިއާ ސަރުކާރުން ހައްޔަރުކޮށްފި

22 އޭޕްރީލް 2025 - 13:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެޗްޓީއެސްގެ ލީޑަރު އަދި ސީރިއާގެ ވަގުތީ ވެރިއެއްގެ ގޮތުން ހަރަކާތްތެރިވާ އަބޫ މުހައްމަދު އަލް ޖޯލާނީ --- ފޮޓޯ: ރޮއިޓާސް


ފަލަސްތީނިއަން އިސްލާމިކް ޖިހާދުގެ އިސްވެރިންތަކެއް ސީރިއާ ސަރުކާރުން ހައްޔަރުކޮށްފި

22 އޭޕްރީލް 2025 - 13:42 0

ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައި، ސަރުކާރާ ހަވާލުވި ހަނގުރާމަވެރި ޖަމާއަތް ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އިން އެކުލަވާލި ސަރުކާރުން އެ ގައުމުގައި ތިބި ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކޮށްފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފަލަސްތީނު އަދި އިޒްރޭލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސީރިއާގެ ސަރުކާރުން ހައްޔަރުކުރީ އެ ގައުމުގައި ހުންނަ ޕީއައިޖޭގެ ލީޑަރު ހާލިދު ހާލިދު އަދި އެ ޖަމާއަތުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަބޫ އަލީ ޔާސިރެވެ.

މިކަމާ ގުޅިގެން ސީރިއާގެ ސަރުކާރުން މިހާތަނަށް ރަސްމީ ބަހެއް ނުބުނެ އެވެ. ނަމަވެސް ސީރިއާގެ ނޫސްވެރިން ދަނީ މިކަން ސޯޝަލް މީޑިއާގައި މިކަން ހާމަކުރަމުންނެވެ.

ބައްޝާރުގެ ވެރިކަމުގައި ވެސް ޕީއައިޖޭގެ ލީޑަރު ޒައިދު އަލް ނަހަލާހް ހިމެނޭހެން އެ ޖަމާއަތުގެ އިސްވެރިން ސީރިއާގައި އުޅެމުންދިޔަ އެވެ. ނަމަވެސް އެޗްޓީއެސްގެ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޒައިދު ވަނީ ސީރިއާ ދޫކޮށް ގޮސްފަ އެވެ.

ޕީއައިޖޭ އަކީ ހަމާސް ފަދައިން ފަލަސްތީނުގެ މިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ. މި ދެ ޖަމާއަތް ގުޅިގެން ވެސް އިޒްރޭލާ ދެކޮޅަށް ހަމަލާތަކެއް ދީފައިވެ އެވެ.