Advertisement

ފޮރިން މިނިސްްޓްރީގެ މަލްޓިލެޓްރަލް ސެކްރެޓެރީ ޝިއާން ރަޝިޔާ ސަފީރު ބައްދަލުކުރައްވައިފި

21 އޭޕްރީލް 2025 - 19:21 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގެ މަލްޓިލެޓްރަލް ސެކްރެޓަރީ އާއެކު ރަޝިޔާގެ ސަފީރު ފޮޓޯއަކަށް ހުއްޓިވަޑައިގެން؛ މި ބައްދަލުވުން ބޭއްވީ ސީދާ ކޮންތަނެއްގައިކަން އަދި ސާފެއް ނުވޭ -- ފޮޓޯ: ރަޝިޔަން އެމްބަސީ އިން ސްރީލަންކާ


ފޮރިން މިނިސްްޓްރީގެ މަލްޓިލެޓްރަލް ސެކްރެޓެރީ ޝިއާން ރަޝިޔާ ސަފީރު ބައްދަލުކުރައްވައިފި

21 އޭޕްރީލް 2025 - 19:21 2

ރާއްޖޭގެ މަލްޓިލެޓްރަލް ސެކްރެޓަރީ، އަހުމަދު ޝިއާން އާ ރަޝިޔާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެވަން ޒަގަރްޔަން މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ބައިލެޓްރަލް ގުޅުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށް ސްރީލަންކާގައި ހުންނަ ރަޝިޔާގެ އެމްބަސީން ބުންޏެވެ. އެ ބައްދަލުވުމުގެ އިތުރު ތަފުސީލެއް އެ އެމްބަސީން ވެސް އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ މަލްޓިލެޓްރަލް ސެކްރެޓަރީއާ ރަޝިޔާގެ ސަފީރު ބައްދަލު ކުރައްވާފައި މިވަނީ ރަޝިޔާ ކުށްވެރިކުރާ މޭރުމުން ލިޔެފައި އޮތް "ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" ގަރާރަށް މިދިޔަ ބުދަ ދުވަހު ރާއްޖެއިން ވޯޓު ދީފައި ވަނިކޮށެވެ. ރާއްޖޭގެ ވޯޓާއެކު ފާސްކުރީ އދ. ގެ 81 ވަނަ އާންމު މަޖިލީހަށް އެ ގަރާރު ހުށަހެޅުމަށެވެ.

އެ ގަރާރުގައި މުޅި ޔޫރަޕުގެ އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައިވެ އެވެ. އަދި ޔޫރަޕުގެ ހަމަޖެހުމަށް ކުރިމަތިވަމުންދާ ބައެއް ގޮންޖެހުންތައް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހިންގަނީ އުދުވާނެއް ކަމަށާއި އެކަމުގެ ސަބަބުން ޔަހޫދީންނާ ދެކޮޅު ފިކުރު ޔޫރަޕުގައި ފެތުރެމުންދާ ކަމަށާއި ރަޝިޔާއިން ލާއިންސާނީ އަމަލުތައް ހިންގާ ފަދަ މޭރުމަކުން ގަރާރުގައި ލިޔެފައިވެ އެވެ.

އޭގެ އިތުރުން ޔޫކްރެއިންގެ ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަތަކުގެ ތެރެއިން އެ ގައުމުގެ ކުޑަކުދިންނަށް ބައެއްގެ ފަރާތުން ޖިންސީ ގޯނާ ލިބެމުންދާކަމަށް ދޭހަވާ ފަދަ މޭރުމަކުން ވެސް ގަރާރުގައި ބައެއް ހިމަނާފައިވެ އެވެ.

އެ ގަރާރު ފާސް ކުރީ ރާއްޖެ ހިމެނޭ ގޮތަށް 105 ގައުމެއްގެ ވޯޓާއެކު އެވެ. އެ ގަރާރަށް ވޯޓު ނުދިނީ ނުވަ ގައުމަކުންނެވެ. ވޯޓު ނުދިން ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ރަޝިޔާ ހިމެނެ އެވެ. ޖުމުލަ 33 ގައުމަކުން އެ ވޯޓުގައި ބައިވެރިނުވެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި އިންޑިއާ އާއި ސްރީ ލަންކާ އާއި ޗައިނާ އާއި އޮމާން އާއިި ޕާކިސްތާނާއި ކުވައިތު އާއި ޔަމަން އަދި މިސްރު ހިމެނެ އެވެ. 

ރަޝިޔާ އާއި އެހެން ގައުމުތަކުން އެ ގަރާރަށް ވޯޓު ނުދިނީ ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުުންދާ ހަނގުރާމައިގައި ރަޝިޔާ ކުށްވެރި ކުރާ މޭރުމުން ގަރާރު ލިޔެފައި އޮތުމުންނެވެ.

އެ ގަރާރަށް ރާއްޖެއިން ވޯޓު ދިންއިރު، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރެއްވުމާ ގުޅޭގޮތުން އެ ގައުމުން އެކްސްގައި ކުރި ޕޯސްޓުގައި ރާއްޖެއިން ޔޫކްރެއިންއަށް ތާއީދު ކުރާތީ ޝުކުރު އަދާކޮށްފައިވެ އެވެ.

ނަމަވެސް އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ފޮރިން މިނިސްޓަރު ހަލީލް އެކްސްގައި ހަމަ އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ގެންގުޅެނީ ވަކި ކޮޅަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ކަމަށާއި ރާއްޖެއިން އދ. ގައި ވޯޓު ދޭ ގޮތުން އެކަން ސާފު ވާނެ ކަމަށެވެ.