Advertisement

ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިންޓަވިއު ސެޝަނެއް ހޮނިހިރު ދުވަހު މާލޭގައި ބާއްވަނީ

20 އޭޕްރީލް 2025 - 19:07 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޯ ސީޒަންސްގެ ހައުސްކީޕިން މުވައްޒަފެއް: ފޯ ސީޒަންސްއިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު އެޕްރެންޓިސްޝިޕް ޕްރޮގްރާމް -- ފޮޓޯ ފޯ ސީޒަންސް ރިސޯޓްސް


ފޯ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިންޓަވިއު ސެޝަނެއް ހޮނިހިރު ދުވަހު މާލޭގައި ބާއްވަނީ

20 އޭޕްރީލް 2025 - 19:07 1

ޓޫރިޒަމް ދާއިރާއަށް ޒުވާނުން ބިނާކުރަން ފޯ ސީޒަންސް ރިސޯޓުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އަލަށް ނަގާ ބެޗުގެ އިންޓަވިއު ސެޝަނެއް އަންނަ ހޮނިހިރު ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

އޭޕްރީލް 26، ގައި ކުރިއަށް ގެންދާ މި ސެޝަނުގައި އިންޓަވިއު ކުރުމުގެ އިތުރުން، ޕްރޮގްރާމާއި އިންފޮމޭޝަން ސެޝަންތަކެއް އަދި ސްކްރީނިން ކުރިއަށް ގެންދާނެ އެވެ. މި ސެޝަންތައް ކުރިއަށް ގެންދާނީ އެ ދުވަހު ހެދުނު 9:00 އިން ފެށިގެން މާފަންނުގައި ހުންނަ ޝީ ބިލްޑިންގުގެ ތިންވަނަ ފަންގިފިލާގަ އެވެ.

އުމުރުން 17-20 އަހަރުގެ ޒުވާނުންނަށް ފުރުސަތު ހުޅުވާލައިގެން މި އަހަރުގެ ޖުލައި މަހުން އަންނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ޖުމްލަ 80 ޒުވާނުންނަށް ފުރުސަތު ލިބޭނެ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ޒުވާނުން ތަމްރީނުކުރާ ދާއިރާތަކަކީ:

  • ފުޑް އެންޑް ބެވަރޭޖް ސާވިސް
  • ފުޑް އެންޑް ބެވަރޭޖް ޕްރިޕަރޭޝަން
  • ހައުސްކީޕިން އެންޑް ގެސްޓް ސާވިސަސް
  • ރީޓެއިލް
  • ފްރަންޓް އޮފީސް އެންޑް ރިކްރިއޭޝަން
  • ޕަޑީ ޑައިވް މާސްޓާ
  • ސޭފް މެރިޓައިމް ޓްރާންސްޕޯޓް
  • އިންޖިނިއަރިން އެންޑް ވޯޓާ ސްޕޯޓްސް އެޓެންޑެންޓް

ރިސޯޓު މާހައުލުގައި މަސައްކަތުގެ އަމަލީ ތަޖުރިބާއާއެކީ ތަމްރީނުތައް ދޭ ގޮތަށް ހިންގާ ފޯ ސީޒަންސްގެ އެޕްރެންޓިސްޝިޕް ޕްރޮގާރަމަކީ އެޑިޔުކޭޝަނުން އެކްރެޑިޓު ކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެކެވެ. މިހެންވެ އެޕްރެންޓިސްޝިޕްގެ މުއްދަތުގެ ތެރޭގައި ރިސޯޓުގައި ތިބެގެން މަސައްކަތްތައް ދަސްކުރުމުގެ ފުރުސަތު ލިބެ އެވެ.

ޓޫރިޒަމުގައި އެންމެ ދުވަސްވީ ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ފޯ ސީޒަންސްއިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެއީ އެންމެ ފުރަތަމަ ހުޅުވީ ފޯ ސީޒަންސް ކުޑަ ހުރާ އާއި ފޯ ސީޒަންސް ލަނޑާގިރާވަރުގެ އިތުރުން ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް އެވެ.