Advertisement

އުރީދޫ ސްމާޓް ހޯމް: ސީމްލެސް ކަނެކްޓިވިޓީ އާއެކު ސްމާޓް ގެއަކަށް

20 އޭޕްރީލް 2025 - 14:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ސްމާޓް ހޯމްގައި ހިމެނޭ ކެމެރާއެއް: ސްމާޓް ހޯމް ބަންޑްލްއާއެކު ސްމާޓް ގެއަކަށް ބަދަލުވާން ފަސޭހަވޭ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އުރީދޫ ސްމާޓް ހޯމް: ސީމްލެސް ކަނެކްޓިވިޓީ އާއެކު ސްމާޓް ގެއަކަށް

20 އޭޕްރީލް 2025 - 14:21 0

އުރީދޫ މޯލްޑިވްސްގެ ސްމާޓް ޑިވައިސްތަކުން ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރާއެކު އިންޓަގްރޭޓްކޮށް، އާންމު ދިރިއުޅުމަށް ބަދަލުގެނައުމުގެ މަގުސަދުގައި ސްމާޓާ ގެއެއް ބިނާކުރުމުގެ އިނީޝިއޭޓިވްއެއް ފަށައިފި އެވެ.

އުރީދޫގެ ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް ބަންޑަލް އޮފާއެއްގެ ގޮތުގައި ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާކާ އެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ސްމާޓްކޮށް ރައްކާތެރިކަން ކަށަވަރު ކުރެވެ އެވެ.

"އަލަށް ތައާރަފުކުރި މި އޮފާއަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓާކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ސްމާޓް ގެތައް އުފެއްދުމަށް ފަރުމާކޮށްފައިވާ އޮފާއެއް،" އުރީދޫ އިން ބުންޏެވެ.

އުރީދޫގެ ސުޕަނެޓް ބޭނުން ކުރަމުންދާ ކަސްޓަމަރުންނަށް ވެސް އެ ސްމާޓް ހޯމް ބަންޑަލް ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫގެ ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރާ މި ޑިވައިސްތަކުގެ ސަބަބުން މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ ކަށަވަރުވެ، ގޭގެ ވެރިންނަށް ކޮންމެ ތަނަކުން ވެސް ރިއަލް ޓައިމް އަޕްޑޭޓާއި އެލާޓް ލިބޭނެ އެވެ.

އިތުބާރު ހިފޭ ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދީ، މި ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު މަސައްކަތް ކުރުމަށް އުރީދޫ ސުޕަނެޓް މަގުފަހިކޮށްދެ އެވެ.

"ލައިވް ކެމެރާ ފުޓޭޖް ސްޓްރީމް ކުރިޔަސް ނުވަތަ ޑޯބެލް އެލާޓްލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ލިބިގެންދާނެ. އުރީދޫ ސުޕަނެޓަކީ ފުލީ އިންޓަގްރޭޓެޑް ސްމާޓް ހޯމް އެކްސްޕީރިއަންސަކަށް އެންމެ ރަނގަޅު ހައްލަކަށް ވެގެންދާނެ،" އުރީދޫ އިން އިތުރަށް ބުންޏެވެ.

ސްމާޓާ ހޯމް ބަންޑަލް ސުޕަނެޓު ބޭނުން ކުރާ ކަސްޓަމަރުންނާއި، މުޅިން އަލަން ސުޕަނެޓު ނަގާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ޒަމާނީ ސްމާޓް ހޯމް ބަންޑްލްއާ އެކު ގެތައް އަޕްގްރޭޑް ކުރަން ކުރިއަށް ވުރެ ފަސޭހަވެގެން ދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.