Advertisement

ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފި

20 އޭޕްރީލް 2025 - 11:00 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ: ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ވަނީ ތުހުމަތުކޮށްފައި -- ފޮޓޯ: އީޕީއޭ


ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފި

20 އޭޕްރީލް 2025 - 11:00 1

ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ފުރަތަމަ ފަހަރަށް ތުހުމަތު ކުރައްވައިފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ވިދާޅުވީ ހަތިޔާރުގެ އިތުރުން ޗައިނާއިން ބަޑިބޭސް ފޯރުކޮށްދޭ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޒެލެންސްކީގެ ތުހުމަތުތަކަށް ރައްދު ދެމުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އެއްވެސް ބައިވެރިއަކަށް ލީތަލް ހަތިޔާރު ފޯރުކޮށްނުދޭ ކަމަށެވެ.

މި ހަނގުރާމައިގައި ޗައިނާއިން ރަޝިޔާކޮޅަށް ބުރަވި ނަމަވެސް، އެ ގައުމުން ދައްކަމުން ދަނީ މައްސަލައަށް އަވަސް ހައްލެއް ގެނެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބާރުއަޅާ ގައުމެއްގެ މަންޒަރެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ރަޝިޔާއިން ގެންގުޅޭ ހަތިޔާރުގެ ގިނަ ބައިތައް ގަންނަނީ އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުން ކަމަށް ޔޫކްރެއިންއިން އަމިއްލައަށް ބުނެފައިވާ ކަމަށެވެ.

ޒެލެންސްކީ ޗައިނާއަށް ތުހުމަތުތަކެއް ކުރެއްވިފަހުން، ރަޝިޔާގެ ބައެއް މިސައިލްތަކަށް ބޭނުންވާ ބައިތައް ވިއްކާކަމުގެ ތުހުމަތުގައި ޔޫކްރެއިންއިން ވަނީ ޗައިނާގެ ބައެއް ކުންފުނިތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅިކަން އިއުލާންކޮށްފަ އެވެ.

ޔޫކްރެއިންއިން ފިޔަވަޅު އެޅި ކުންފުނިތަކަކީ ރަޝިޔާއިން ހަނގުރާމައިގައި އާއްމުކޮށް ބޭނުންކުރާ އިސްކަންދެރް މިސައިލްގެ ބައިތައް ރަޝިޔާއަށް ވިއްކައި، އެ މިސައިލް އުފެއްދުމަށް އެހީތެރިވާ ކުންފުނިތައް ކަމަށް އެ ގައުމުން ބުނެއެވެ. ނިއުކްކިއާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިގެންވާ މި މިސައިލަކީ ކުރުރާސްތާ ބެލެސްޓިކް މިސައިލެކެވެ.

މިދިޔަ ހުކުރު ދުވަހު ވެސް އިސްކަންދެރް މިސައިލެއް ބޭނުންކޮށްގެން ރަޝިޔާއިން ޔޫކްރެއިންގެ ހަރްކީވްއަށް ދިން ހަމަލާގައި އެކަކު މަރުވެފައިވާކަމަށް ޔޫކްރެއިން އިން ބުންޏެވެ.