19 އޭޕްރީލް 2025 - 10:54 2
މުހައްމަދު ޝަހްޒާން
ޖާހު އިންވެސްޓްމެންޓްސްއިން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ދަ ގާޑެންސް: އެތަނުގެ މަސައްކަތްތައް ނިންމަން އެޗްޑީސީން ދިން މުއްދަތުގައި އެކަން ނުކުރުމުން އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލު ކޮށްފައި -- ފޮޓޯ: އަދަދު ފައިލް
19 އޭޕްރީލް 2025 - 10:54 2
ހުޅުމާލޭގައި "ދަ ގާޑެންސް" ގެ ނަމުގައި އެޕާޓުމެންޓު ބިލްޑިންތަކެއް އެޅުމަށް ހަވާލު ކުރި ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ސިވިލް ކޯޓުން ރާއްޖޭގައި ހިދުމަތްދޭ ހުރިހާ ބޭންކުތަކަށް އަމުރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޖާހު ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެއްވެސް ބޭންކެއްގައި އެކައުންޓެއް ހުޅުވާފައި ވާނަމަ އެ އެކައުންޓެއްގެ ތަފުސީލާއި އެ އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދާއި ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށްފަހު އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކޯޓަށް އެންގުމަށެވެ.
ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނީ:
ޖާހުއިން ދަ ގާޑެންސް ގެ ނަމުގައި އިމާރާތެއް ތަރައްގީ ކުރަން ފެށީ 2017 ގަ އެވެ. ދަ ގާޑަންސްގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުރެ އެވެ. ނަމަވެސް އެކި ފަހަރު މަތިން އެތަނުގެ މަސައްކަތް ނިންމުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދިން މުއްދަތުގައި ވެސް ޖާހުން އެ މަސައްކަތް ނިންމައިފައެއް ނުވެ އެވެ.
އެހެންކަމުން އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދޭ ނޯޓިސް މިދިޔަ ޖެނުއަރީ 27، ގައި ޖާހު އަށް ދިނުމަށްފަހު މިދިޔަ މަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލު ކުރުމަށްފަހު އެ ތަނުގެ މަސައްކަތްތައް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ތަނުން އެޕާޓްމެންޓު ގަނެފައި ތިބި މީހުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ޖާހު އިންވެސްޓްމެންޓާއެކު ވެފައި އޮތް އެއްބަސްވުން ބާތިލު ކުރީ "ދަ ގާޑެންސް" އިން އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހައިވެސް އަވަހަކަށް ހަވާލު ކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީގެ ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment