Advertisement

ބުރަފަތިން ޖެހި ޒަހަމްވި ދަރިވަރުގެ ބޭސްފަރުވާގެ ކަންކަން އެއާވޯކްސް އެކެޑަމީން ހަމަޖައްސައިދީފި

19 އޭޕްރީލް 2025 - 10:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭވިއޭޝަން އެކެޑަމީގެ ރައީސް (މ) އަދި ޓްރެއިނިން ހެޑު (ކ): މި މައްސަލައިގައި ކަން ހިނގިގޮތް ދެނެގަންނަން ތަހުގީގު ކުރިއަށްދާ ކަމަށް އެކެޑަމީން ބުނި -- ފޮޓޯ: އެއާވޯކްސް އެކެޑަމީ


ބުރަފަތިން ޖެހި ޒަހަމްވި ދަރިވަރުގެ ބޭސްފަރުވާގެ ކަންކަން އެއާވޯކްސް އެކެޑަމީން ހަމަޖައްސައިދީފި

19 އޭޕްރީލް 2025 - 10:12 0

ފިލިޕީންސްގެ އެއާވޯކްސް އެވިއޭޝަން އެކަޑަމީގެ ޓްރެއިނިން މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ޒަހަމްވި އަބްދުލް މާނިއުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސައިދެމުންދާ ކަމަށް އެ އެކަޑަމީން ބުނެފި އެވެ.

އެއާވޯކްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެކަޑަމީގައި ތައުލީމު ހާސިލުކުރަމުންދާ މާނިއުގެ ބޭސްފަރުވާއަށާއި އޭނާ އާންމު ހާލަތަށް ގެނައުމަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށެވެ.

"ޒަހަމްވި ދަރިވަރުގެ ސިއްހީ ކަންކަމަށް ބޭނުންވާ އެހީތެރިކަން އެބަ ފޯރުކޮށްދެން. އެންމެ މުހިންމު ކަމަކަށް އަހަރުމެން މިތިބީ އޭނާ އެއްކޮށް ރަނގަޅުވަންދެން އޭނާގެ އިތުރުން އޭނާގެ އާއިލާއާއެކު. އަދި މުޅިން އެއްކޮށް އޭނާ ރަނގަޅުވަންދެން ވެދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން،" އެއާވޯކްސް އިން ބުންޏެވެ.

އެއާވޯކްސް އިން ބުނީ އެ އެކަޑަމީން ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރައްކާތެރިކަމަށް އަބަދު ވެސް އިސްކަން ދޭ ކަމަށެވެ. އެގޮތުން މާނިއުއަށް ދިމާވި ހާދިސާއާ މެދު ކަންބޮޑުވާ ކަމަށް އެކެޑެމީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ހާދިސާ ތަހުގީގު ކުރަމުންދާތީ ތަފްސީލް ހާމަކުރެވެން ނެތްކަން ފާހަގަކޮށް އެއާވޯކްސް އިން ބުނީ ދެވަނަ ފަހަރަށް އެފަދަ ހާދިސާއެއް ނުހިނގާނެކަން ކަށަވަރު ކުރުމަކީ އެންމެ ބޮޑަށް ބޭނުންވާ ގޮތް ކަމަށެވެ.

ފިލިޕީންސްގައި ކިޔަވާ އެހެން ދަރިވަރަކު އަދަދު އަށް ބުނީ އެ ހާދިސާ ހިނގީ މާނިއު އުދުއްސި ސެސްނާ-125 މަރުކާގެ ބޯޓު ލޭންޑުކޮށްފައި ބޯޓު ނިވައިނުލައި އޭނާ ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހުމުން ކަމަށެވެ.

އޭނާ ބުނީ އެންމެ ބޮޑު އަނިޔާއެއްވީ މާނިއުގެ މޫނަށް ކަމަށެވެ. ނަމަވެސް މާނިއުއަށް ވާހަކަދައްކާ ހެދޭ ކަމަށް އޭނާ ބުންޏެވެ.

އެއާވޯކްސް އިން ވަނީ ތަހުގީގު އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދަން އެހީތެރިވުމަށް ހާދިސާ ހިނގި ދުވަހުން ފެށިގެން ތިން ދުވަސްވަންދެން އޮޕަރޭޝަންތައް ހުއްޓާލާފަ އެވެ.

އެ މުއްދަތުގައި ސިވިލް އެވިއޭޝަން އޮތޯރިޓީ އޮފް ފިލިޕީންސް އަދި ޕިލިޕީން ނެޝަނަލް ޕޮލިސް އިން ވަނީ މުޅި ތަން އިންސްޕެކްޓްކޮށްފައި ކަމަށް އެއާވޯކްސް އިން ބުންޏެވެ.

އެއާވޯކްސް އިން ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ގިނަ ދަރިވަރުން ތަމްރީނުކޮށް، އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ޕައިލެޓުން ކަމަށެވެ. އެގޮތުން އެ އެކަޑަމީއަށް ދިވެހިން ކުރާ އިތުބާރު އެއާވޯކްސްއިން ފާހަގަކުރި އެވެ.

މީގެއިތުރުން އެއާވޯކްސްއަކީ އައިސީއޭއޯ-ކޮމްޕްލަޔަންޓް، ސީއޭއޭޕީ އެޕްރޫވްޑް ޓްރެއިނިން އެކަޑަމީއަކަށްވާއިރު، އެ އެކަޑަމީގައި ދުނިޔޭގެ 30 ގައުމަކުން ދަރިވަރުން ޕައިލެޓް ތަމްރީޏްތައް ހަދަމުންދާކަން ވެސް ފާހަގަކުރި އެވެ.