16 އޭޕްރީލް 2025 - 13:38 0
ލީވާން އަލީ ނާސިރު
ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސޮނީ ސްޕޯޓްސްގެ ލައިފްސްޓައިލް -- ފޮޓޯ: އަދަދު
16 އޭޕްރީލް 2025 - 13:38 0
ކުޅިވަރާއި ފިޓްނަސްއަށް ލޯބިކުރާ މީހުންނާ ހަމައިން ފެށިގެން، ފެޝަނަށް ގަޔާވާ މީހުންނަށް، އަދި ކުޅިވަރާއި ފެޝަންގެ މަޝްހޫރު ބްރޭންޑުތަކުގެ އަންނައުނާއި ބޫޓާއި ޓެނިސް ހޯދަން ބޭނުންވާ މީހުންނަށް ސޮނީ ސްޕޯޓްސްގެ ފައްކާ ހަފުތާއަކީ ދޫކޮށްލަން ހެޔޮވާވަރުގެ ސޭލެއް ނޫނެވެ.
ގިނަ ބަޔަކު އިންތިޒާރުކުރާ މެގަ ސޭލް ކުރިޔަށް ގެންދާން ނިންމާފައި ވަނީ މި އޭޕްރީލް 20-30 އަށް ހުޅުމާލޭ ވިނަރެސްގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގަ އެވެ. މިއީ ވޯޑްރޮބް އާކޮށްލަން ލިބޭ ހަމަ ފައްކާ ފުރުސަތެކެވެ.
އެންމެ މަތީފަންތީގެ ކުޅުންތެރިން ބޭނުންވާ ފުޓްބޯޅަ ބޫޓުން ފެށިގެން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ދުވާ ބޫޓާއި ކޮންމެ އެތުލީޓަކަށް ވިޔަސް ދުނިޔޭގެ އެންމެ ނަން މަޝްހޫރު މަރުކާތަކުގެ ބޫޓާއި ޓެނިސް އަދި އެހެނިހެން އުފެއްދުންތައް ސޮނީ ސްޕޯޓްސްއިން ލިބެން އެބަ ހުއްޓެވެ.
ފައްކާ ހަފުތާ ސޭލުގައި އެޑިޑާސް، ނައިކީ، ކްއިކްސިލްވާ، ރޯކްސީ، ބިލަބޮންގ، ލީވައިސް، އާރުވީސީއާ އަދި ޑީސީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބޭނެ އެވެ.
ކުޅިވަރު އަންނައުނުން ފެށިގެން ފެޝަންތަކުގެ ބޮޑު ކަލެކްޝަނެއް އަބަދު ވެސް ސޮނީ ސްޕޯޓްސްއިން ގެންގުޅޭއިރު، މި ފަހަރުގެ ސޭލްގައި މި އުފެއްދުންތައް 175ރ. އިން ފެށިގެން 450ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ.
Comment