Advertisement

ފައްކާ ހަފުތާ: ނުގޮސް ދޫކޮށްލެވޭ ވަރަށް ވުރެ މާ ސަޅި!

3 ޑިސެންބަރު 2025 - 12:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ފައްކާ ހަފުތާ: ނުގޮސް ދޫކޮށްލެވޭ ވަރަށް ވުރެ މާ ސަޅި!

3 ޑިސެންބަރު 2025 - 12:11 0

"ފައްކާ ހަފުތާ" ސޭލްއާއެކު، ކުޅިވަރާއި ކަސްރަތަށް އަދި ވިޔަފާރީކުރަން ލޯބިކުރާ ފަރާތްތަކުން ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ޓަވަރު 4 ގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރަ އޮންނަނީ ފުރާލައިފަ އެވެ. ނޮވެމްބަރު 30 އިން ފެށިގެން ޑިސެމްބަރު 6 ގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި ފެންވަރު ރަނގަޅު ކުޅިވަރު ސާމާނާއި ލައިފްސްޓައިލް އުފެއްދުންތައް ހުރީ ހައިރާންވާ ފަދަ ބޮޑު ޑިސްކައުންޓު ރޭޓެއްގަ އެވެ.

އެޑިޑާސް، ނައިކީ، ޕޫމާ، ރީބޮކް، ރޮކްސީ، ކްއިކްސިލްވާ، ބިލަބޮންގް، ޑީސީ، މެންގޯ، އަދި ލެވީސް ފަދަ ޕްރީމިއަމް ބްރޭންޑްތަކުގެ އުފެއްދުންތައް މި ސޭލުގައި ލިބެން އެބަ ހުއްޓެވެ. މި އުފެއްދުންތަކުން 80 ޕަސެންޓާހަމައަށް ޑިސްކައުންޓު ލިބެ އެވެ. އެހެންވެ، މިއީ ދޫކޮށްލެވޭ ވަރަށް ވުރެ "ފައްކާ ހަފުތާ" އެކެވެ.

ބައެއް އުފެއްދުންތައް

އެޑިޑާސް ރޯލިން ކެރީ-އޮން ކެބިން ބޭގް

  • ސޭލް އަގު: 3,200 ރުފިޔާ
  • އަސްލު އަގު: 4,995 ރުފިޔާ

މި އުފެއްދުމުގެ އަސްލު އަގަށް ބަލާއިރު، ފައްކާ ސޭލަށް ޒިޔާރަތްކޮށްގެން 1,795ރ. ސަލާމަތް ކުރެވޭނެ އެވެ. މަތިންދާ ބޯޓުގެ ކެބިންއަށް ފަސޭހައިން ލެވޭ، ފެންވަރު ރަނގަޅު ދަބަހެއް ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ. މިއީ ގިނައިން ދަތުރުކުރާ ފަރާތްތަކަށް ވަރަށް ސަޅި ފޮއްޓެކެވެ. މި ނޫނަސް ދަބަހާއި ދަތުރުކުރަން ނުވަތަ ކުޅިވަރު ކުޅުންތެރިންނަށް ބޭނުންވާ ފޮށި، ދަބަސް އެބަ ހުއްޓެވެ.


ބޫޓު

މި ސޭލުގައި އެންމެ ބާރަށް ވިކޭ އެއް ބާވަތަކީ ކުޅިވަރުތަކަށާއި ކަސްރަތަށް ހާއްސަ ބޫޓެވެ. އޭގެ ތެރޭގައި ދުވުމަށާއި، ޓްރޭނިން، ޓާފް ދަނޑަށާއި ފުޓްބޯޅައަށް ހާއްސަ ބޯޓާއި އެހެން ކުޅިވަރުތަކަށް ހާއްސަ ބޫޓުގެ އިތުރުން ރީއްޗަށް އަރައިގެން އުޅެން ފައްކާ ބޫޓު އެބަ ހުއްޓެވެ.

ދުވާއިރު ފައިތިލައަށް ލިބޭ ލޮޅުން ކުޑަކޮށްދޭ "ބޫސްޓް" ޓެކްނޮލޮޖީ ހިމެނޭ، އަރައިގެން އުޅެން ވަރަށް ފަސޭހަ ބޫޓު އެބަ ހުއްޓެވެ. ފައްކާ ހަފުތާގައި ލިބޭ ބޮޑު ޑިސްކައުންޓާއެކު، އަލަށް ބޯޓެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް، އަދި ބޫޓު އާކޮށްލަން ބޭނުންވާ ވަރަށްތަކަށް މިއަށް ވުރެ ސަޅި ފުރުސަތެއް ރާއްޖެއަކުން ނުހޯދޭނެ އެވެ.


ޖާޒީ އާއި ކަސްރަތު ކުރަން ލާ ޓީޝާޓާއި ސޯޓާއި، ޖެކެޓު އަދި ޕްރިމިއަމް ބްރޭންޑުތަކުގެ ދެ ޖިންސްގެ އަންނައުނު އަދި ކުޅިވަރު ސާމާނާއި ކުޅިވަރު ދާއިރާއާ އާއި ލައިފް ސްޓައިލްއާ ގުޅޭ ގިނަ އުފެއްދުންތަކެއް މި ސޭލުގައި އެބަހުއްޓެވެ.

ފައްކާ ހަފުތާގައި އަގުހެޔޮކޮށް މުދާ ލިބޭނީ ފިހާރައަށް ޒިޔާރަތްކޮށް، ވިޔަފާރިކޮށްގެންނެވެ. އެކަމަކު ލިބެން ހުރި އުފެއްދުންތައް އޮންލައިންކޮށް ބަލާލެވޭނެ އެވެ. އޭރުން ތޮއްޖެހިފައިވާ ފިހާރައިގެ ތެރޭގައި ގިނަ ވަގުތު ހޭދަ ނުކޮށް އަވަހަށް ވިޔަފާރިކޮށްލައިގެން ސަލާމަތް ވެވޭނެ އެވެ.

ފިހާރަ ހުޅުވިފައި ހުންނަ ގަޑިތައް

މި ސޭލް ކުރިއަށްދަނީ ހަމައެކަނި ސޮނީ ސްޕޯޓްސް ލައިފްސްޓައިލް (ވިނަރެސް ޓަވަރު 4) ގައެވެ. ފިހާރަ ހުޅުވިފައި ހުންނާނީ:

ހޮނިހިރު - ބުރާސްފަތި:

  • ހެނދުނު: 10:00 - 12:00 އަށް
  • މެންދުރުފަސް: 14:00 - 18:00 އަށް
  • ރޭގަނޑު: 20:00 - 22:00 އަށް

ހުކުރު ދުވަސް:

  • ހަވީރު: 16:00 - 18:00 އަށް
  • ރޭގަނޑު: 20:00 - 22:00 އަށް

ސޮނީ ސްޕޯޓްސްގެ ވެބްސައިޓުން ފައްކާ ހަފުތާ ސޭލުގައި ހުރި އުފެއްދުންތައް ބަލާލެވޭނެ