Advertisement

ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ގައި މިފަހަރުވެސް ބޮޑު ޑިސްކައުންޓެއް

30 ނޮވެންބަރު 2025 - 12:58 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް: ފައްކާ ހަފްތާގެ ދަށުން ހުޅުމާލެ ވިނަރެސްގައި ހުންނަ ފިހާރައިން ޑިސްކައުންޓް ލިބޭނެ -- ފޮޓޯ: އަދަދު


ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ގައި މިފަހަރުވެސް ބޮޑު ޑިސްކައުންޓެއް

30 ނޮވެންބަރު 2025 - 12:58 0

ބޮޑު ޑިސްކައުންޓެއް ލިބޭ ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މިއަދު ފަށައިފި އެވެ.

މި އަހަރު ދެވަނަ ފަހަރަށް ބާއްވާ ފައްކާ ހަފްތާ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ޑިސެމްބަރު 6، ގެ ނިޔަލަށެވެ.

ސޮނީ ސްޕޯޓްސް އިން ބުނީ މިފަހަރުގެ ފައްކާ ހަފްތާގައި ހުޅުމާލެ ވިނަރެސްގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް އިން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

ސޮނީ ސްޕޯޓްސްގެ ވެބްސައިޓް މެދުވެރިކޮށް ވެސް ބޮޑު ޑިސްކައުންޓް ލިބޭ ތަކެތި ވަގުތުން އޮންލައިންކޮށް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެ ފިހާރައިން އިން މިދިޔަ އެޕްރީލް މަހު ކުރިއަށް ގެންދިޔަ ފައްކާ ހަފްތާގައި 75 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދިންއިރު ބޮޑު ތަރުހީބެއް އޭރު ލިބުނެވެ.

އެންމެ މަތީފަންތީގެ ކުޅުންތެރިން ބޭނުންވާ ފުޓްބޯޅަ ބޫޓުން ފެށިގެން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ދުވާ ބޫޓު ސޮނީ ސްޕޯޓްސްއިން ލިބެ އެވެ.

އޭގެއިތުރުން ދުނިޔޭގެ އެންމެ ނަން މަޝްހޫރު މަރުކާތަކުގެ އެތުލީޓުންނަށް ހާއްސަ ބޫޓާއި ޓެނިސް އަދި އެހެނިހެން އުފެއްދުންތައް ސޮނީ ސްޕޯޓްސްއިން ލިބެން އެބަ ހުއްޓެވެ.

މިއީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު ތަކެތި އެއްފަހަރާ ގަނެ ވޯޑްރޮބް އާކޮށްލަން ލިބޭ ހަމަ ފައްކާ ފުރުސަތެކެވެ.