Advertisement

ފައިނަލުގައި ކޮންމެ ޓީމަކާ ޖެހުނަސް ޕޮލިސް ނުކުންނާނީ ހިތްވަރާއެކު

16 އޭޕްރީލް 2025 - 10:37 0

އަތޫފް އާތިފް

އަތޫފް އާތިފް


ފައިނަލުގައި ކޮންމެ ޓީމަކާ ޖެހުނަސް ޕޮލިސް ނުކުންނާނީ ހިތްވަރާއެކު

16 އޭޕްރީލް 2025 - 10:37 0

ވޮލީބޯލް އެސޯސިއޭޝަން ކަޕު އަންހެން ޑިވިޝަނުގެ ފައިނަލުގައި ކޮންމެ ޓީމަކާ ޖެހުނުކަމުގައިވީ ނަމަވެސް ޕޮލިހުން ނުކުންނާނީ ހިތްވަރާއެކު އެ ޓީމުގެ ގޭމު ކުޅެން ކަމަށް ޕޮލިސް ކްލަބްގެ ކޯޗު މުނާ މުނީރު (މުންނަ) ބުނެފި އެވެ.

ޕޮލިހުން ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

އެސޯސިއޭޝަން ކަޕުގެ ފައިނަލުން ޕޮލިސް ކްލަބް ޖާގަ ހޯދީ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯގެ މައްޗަށް 3-2 ސެޓުން ކުރިހޯދައިގެންނެވެ. ސެމީ މެޗުގެ ސެޓުތައް ދިޔައީ، 25-17، 22-25، 25-21، 23-25 އަދި 15-13 އިންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މުނާ ބުނީ، ޕޮލިހުން ވެމްކޯ މެޗު ކާމިޔާބުކުރީ އެ ޓީމުގެ ސްކޮޑުގައި ތިބި 14 ކުޅުންތެރިންނާ އޮފިޝަލުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

އަދި މި މެޗުގެ ވަކި ހިސާބަކުން ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އަށް އަނިޔާވުމުން އޭގެ އަސަރު މުޅި ޓީމަށް ކުރި ކަމަށް މުނާ ބުންޏެވެ.

"ފަސޭހަ ކަމެއް ނޫން މިއީ. ހުރިހާ އަހަރުތަކުގެ ޗެމްޕިއަން ޓީމު. އަޅުގަނޑުމެން އަށް ދިމާވި، ބޮޑު ގޮންޖެހުމާއެކު ހުރިހާ ކުދިން ހިތްވަރާއެކު މި މޮޅުވީ، އެންމެ ބޮޑު ޓަފް ކަމެއް ދިމާވީ އަޅުގަނޑުމެންގެ ކެޕްޓަންގެ އިންޖަރީ." މުނާ ބުންޏެވެ.

މުނާ ބުނީ ފައިނަލުގައި ކޮންމެ ޓީމެއް ޕޮލިހާ ދެކޮޅަށް ނުކުތަސް ހިތްވަރާ އެކު އެ އަޒުމުގައި ނުކުމެ ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

"ހަމަ ހިތްވަރާއެކު މުޅި ޓީމު މަސައްކަތް ކުރާނެ. މިއަދު މި މޮޅުވީ 14 ކުޅުންތެރިންނާ އޮފިޝަލުންގެ ހިތްވަރުން. ހަމަ ފައިނަލަށް ވެސް އަޅުގަނޑުމެން ނުކުންނާނީ އެ ހިތްވަރާ އަޒުމުގައި" މުނާ ބުންޏެވެ.

ފައިނަލުގައި ޕޮލިހާ ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި މިރޭ ހުރާ އާއި ވެމްކޯ ބައްދަލުކުރާ މެޗުންނެވެ.