Advertisement

ފުރަތަމަ ފަހަރަށް ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި

15 އޭޕްރީލް 2025 - 11:49 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް މިއަދު ބޭއްވި ހަފުލާގެ ތެރެއިން --- ފޮޮޓޯ: ފޮރިން މިނިސްޓްރީ


ފުރަތަމަ ފަހަރަށް ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި

15 އޭޕްރީލް 2025 - 11:49 0

މި ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން ގެންދާ ތުރުކީގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.

ތުރުކީގެ ވެރިރަށް އަންކަރާގައި ގާއިމުކުރި އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވީ މިހާރު އެ ގައުމަށް ރަސްމީ ދަތުރެއްގައި ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.

މި ހަފުލާގައި ތުރުކީގެ ކަލްޗާ އަދި ޓޫރިޒަމް މިނިސްޓަރު މެހްމެތު ނޫރީ އެރްސޯއީ އަދި އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީގައި އެމްބަސީއެއް ހުޅުވިގެން ދިޔުމަކީ ދެ ގައުމުގެ ގުޅުމަށް ލިބިގެންދާ އިތުރު ބާރެއް ކަމަށެވެ. އައު އެމްބަސީއާއެކު ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ދިވެހި ހާރިޖިއްޔާއިން ބުންޏެވެ.

އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު އެވެ.

ސަރުކާރުން މިކަން ހާމަކުރީ ޑިސެމްބަރު 10، 2023 ގައި ބޭއްވި ކެބިނެޓު ބައްދަލުވުމަށްފަހު އެވެ.

ވަޒީރުންގެ ބައްދަލުވުމަށްފަހު އެދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓެރަރީ، މުހައްމަދު ފިރުޒުލް ވިދާޅުވީ ތުރުކީވިލާތުގައި އެމްބަސީއެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ ދެގައުމުގެ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމެވެ.