Advertisement

ހެލިކަޕްޓަރު އެމްބިއުލޭންސްގެ ހިދުމަތް ނުފެށި ލަސްވަނީ އެކަން ކުރަން އުޅުނު ގޮތަށް ބަދަލު ގެންނާތީ: އަމީން

14 އޭޕްރީލް 2025 - 18:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓްރާންސްޕޯޓް މިނިސްޓަރު އަމީން: ހެލިކަޕްޓަރު ހިދުމަތް ނުފެށި ލަސްވަނީ އެކަން ކުރަން އުޅުނު ގޮތަށް ބަދަލު ގެންނާތީ ކަމަށް ވިދާޅުވި -- ފޯޓޯ:


ހެލިކަޕްޓަރު އެމްބިއުލޭންސްގެ ހިދުމަތް ނުފެށި ލަސްވަނީ އެކަން ކުރަން އުޅުނު ގޮތަށް ބަދަލު ގެންނާތީ: އަމީން

14 އޭޕްރީލް 2025 - 18:10 0

ހެލިކަޕްޓަރު އެމްބިއުލޭންސްގެ ހިދުމަތް ނުފެށި ލަސްވަނީ އެކަން ކުރަން އުޅުނު ގޮތަށް ބަދަލުތައް ގެންނާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތަށް ހުޅުވާލި މިންގަނޑުތަކާ މެދު އަލުން ވިސްނާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަން އުޅުނު ގޮތަށް ބަދަލުތަކެއް މިހާރު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ކޮންމެވެސް ވަރަކަށް ލަސްތަކެއް ވަމުން އެދަނީ. އެކަމަކު އެއާގެން ކުރިއަށް އެބަދަން އެނގޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިހާރު ކޮށްފައިވާ "އާރްއެފްޕީ" އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނުގައި ވަކި މިންގަނޑުތަކެއް އެކަމަށް ކަނޑައަޅާފައި އޮތުމުން ބަދަލުތައް ގެންނަން ވަގުތުކޮޅެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކަޕްޓަރުގެ ހިދުމަތް ފެށުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޝައުގުވެރިކަން ފާޅު ކުރުމަށް ޓްރާންސްޕޯޓުން ހުޅުވާލީ އޮގަސްޓް 6، 2024، ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލިމީހުން އުފުލުމުގެ ހިދުމަތާއި ސާޗް އެންޑް ރެސްކިއު ހިދުމަތުގެ އިތުރުން ފަތުރުވެރިކަމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރި އުސޫލުން އެތެރޭގެ އާންމު އުދުހުންތަކުގެ ހިދުމަތް ވެސް ދޭން ޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް 10 އަހަރު ފަތުރުވެރިން އުފުލުމަށް އެކްސްކްލޫސިވިޓީ ދޭނެ ކަމަށް ވެސް މިނިސްޓްރީން އޭރު ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތަށް ހޯދަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާނެ ދަތިތަކާއެކު ވެސް ރައްކާތެރި އަދި ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެ ބަޔަކު ކަމަށެވެ.