ބަންޑާރަނައިބާ މަޝްވަރާކުރުމަށްފަހު، އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމަނީ

14 އޭޕްރީލް 2025 - 06:14 1

އަހުމަދު އާއިދު

އ

މިއަދު ހެދުނު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުން: އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމާނެ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ބަންޑާރަނައިބާ މަޝްވަރާކުރުމަށްފަހު، އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމަނީ

14 އޭޕްރީލް 2025 - 06:14 1

އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ބަންޑާރަނައިބާ މަޝްވަރާކުރުމަށްފަހު، އެ ބިލުގެ ކޮމިޓީ މަސައްކަތް މިއަދު ނިންމާނެ ކަން އިއުލާނުކޮށްފި އެވެ.

މި ބިލު ދިރާސާކުރަނީ ރައްޔިތުންގެ މަޖިލީހުން ސަލާމަތީ ހިދުމަތްތަކަށް ބެހޭ ކޮމިޓީ (241) ކޮމިޓީންނެވެ. އެ ކޮމިޓީން މިއަދު ހެދުނު ބޭއްވި ބައްދަލުވުމުގެ ގިނަ ބައެއް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. މިއަދު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށް އިއުލާނުކުރީ ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.

"ދައުލަތުގެ މައްސަލާގަ ކުޑަ ތައާރަޒުވުމެއް އުޅޭތީ އަޅުގަނޑުމެން އިތުރަށް ބަންޑާރަނައިބާ އަޅުގަނޑުމެން މަޝްވަރާކޮށްފަ، 2 ޖަހާއިރު ކޮމިޓީ ބާއްވާ ގޮތަށް. އިތުރު ކޮމިޓީއެއް ވާހަކައަކީ 2 ޖަހާއިރު އޮންނާނޭ. އެހެންވީމަ އެ ކޮމިޓީގަ އަޅުގަނޑުމެން މީތި ނިންލާގޮތަށް. އިނގޭތޯ. ޕާސްޕޯޓު މިއޮތީ މަނާކުރާ ގޮތަށް،" ސަލީމް ވިދާޅުވި އެވެ.

ސިއްރުކުރަން ފާސްނުކުރި ނަމަވެސް މައިކު ކަނޑާލައިގެން ކޮމިޓީ ކުރިއަށް ގެންދިއުމުގެ ސަބަބުން ބިލާމެދު މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއް ސާފެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ސަރުކާރުން މިހެން ނިންމިއިރު ވެސް މަޖިލީހުގައި މި ބިލު އޮތެވެ.

ބިލުގެ މަސައްކަތް ލަސްވެ ސަރުކާރަށާއި މަޖިލީހަށް ގިނަ ބަޔަކު އަންނަނީ ތަކުރާރުކޮށް ފާޑުކިޔަމުންނެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އިލްޔާސް

9 days ago

އަވަސް ހަރަކާތަށް!! ލޮބުވެތިރައްޔިތުންނޭވެ!! #ދިވެހިތަކުރުން ނޭވެ!! ރައްޔިތުންގެ ގޮވާލުން!! އިސްރާއީލު ޕާސްޕޯޓުމަނާކުރުމުގެ ވާހަކަ ގަދަޔަށް ދައްކަން ޖެހޭ ސަބަބަކީ، އިސްރާއީލަކީ މުސްލިމުންނާ ފާޅުގައި ދެކޮލުހަދާއި މުސްލިމުން މަރާއި މުސްލިމުން ދުނިޔެއިން މަދުކުރުމަށް ސަހްޔޫނީން އުފައްދާފައިވާ ގައުމީފެންވަރުގެ ހަތިޔާރަކަށް ވާތީއެވެ!!