Advertisement

އުރީދޫ ކަރާފެޅުމުގެ ގްރޭންޑް ޕްރައިޒް ލިބުނީ ޝާދިޔާއަށް

11 އޭޕްރީލް 2025 - 23:04 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ކަރާފެޅުމުގެ ގްރޭންޑް ޕްރައިޒް ހަވާލުކުރުން -- ފޮޓޯ: އުރީދޫ


އުރީދޫ ކަރާފެޅުމުގެ ގްރޭންޑް ޕްރައިޒް ލިބުނީ ޝާދިޔާއަށް

11 އޭޕްރީލް 2025 - 23:04 2

ނިމިދިޔަ ރޯދަ މަހު އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ކަރާފެޅުން ޗެލެންޖުގެ ގްރޭންޑް ޕްރައިޒް މަރިޔަމް ޝާދިޔާއަށް ލިބިއްޖެ އެވެ.

އުރީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިނާމުތައް ޝާދިޔާގެ ބަދަލުގައި އައި އޭނާގެ ކޮއްކޮ އައިޝަތު ނުޒްލާއާ ވަނީ ހަވާލުކޮށްފަ އެވެ.

ނުޒްލާ ބުނީ ޝާދިޔާއަށް ބޮޑު އިނާމެއް މީގެ ކުރިން ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މި އިނާމު ލިބޭނެ ކަމަށް އޭނާ ވަރަށް ބޮޑަށް ޔަގީންކޮށްގެން ހުރި ކަމަށެވެ.

"ކޮއްކޮ ބުނެފައި އޮތީ ތިމަންނައަށް ޔަގީނޭ ލިބޭނެއޭ. ވަރަށް އަސްލު މަޖާ އެއްކޮށް ކަރާ ފަޅަން. ފްރީ ޓައިމެއް ލިބުނަސް ޓެޕްކޮށްލަނީ ހަމަ ވަދެލާފައި،" އޭނާ ބުންޏެވެ.

ދުވާލެއްގެ މައްޗަށް 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް ގްރޭންޑް ޕްރައިޒަށް ވާދަކުރެވުނުއިރު، ނުޒްލާ ބުނީ ލިބުނު ހުސްވަގުތުތަކުގައި ޓެޕްކުރި ކަމަށެވެ.

އުރީދޫގެ ކަރާ ފެޅުމުގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ޝާދިޔާއަށް އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް -65 ޓީވީއެއް ލިބުނެވެ.

ނުޒްލާ ބުނީ އިނާމުގެ ގޮތުގައި ލިބުނު އެޕަލްގެ 10 އުފެއްދުން އާއިލާ މެންބަރުންގެ މެދުގައި ބަހާލުމަށް ނިންމާފައިވާ ކަމަށެވެ.

އުރީދޫ އިން ރޯދަ މަހާ ދިމާކޮށް ކަސްޓަމަރުން ޝައުގުވެރިވާ ޕްރޮމޯޝަންތައް އަބަދުވެސް ހިންގާ، އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލަ އެވެ.