Advertisement

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅަނީ

9 އޭޕްރީލް 2025 - 15:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ބޮޑުތަކުރުފާނު މަގުގެ ހުޅުލެ ފެރީތައް ފުރާ ސަރަހައްދު: އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާ -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އަޅަނީ

9 އޭޕްރީލް 2025 - 15:29 0

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ގޮސް މަސްމާރުކޭޓާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 144.50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދޮޅު އަހަރު ތެރޭގައި 830 މީޓަރުގެ އެ މަގުގެ މަސައްކަތް ނިންމުމަށެވެ. އެ މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއް ޝީޓު ޕައިލްކޮށް ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ޑްރެއިނޭޖް ސާވިސް ލައިނެއް އެޅުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ތައްޔާރު ކުރަން ޖެހޭނެ އެވެ.

އެމްޓީސީސީން ބުނީ އެ މަގު ހަދައި ނިމުމުން އެ މަގުން ފަސޭހަ ކަމާއެކު ދެކޮޅަށް ދަތުރު ދަތުރު ކުރުމުގެ އިތުރުން އުޅަނދުފަހަރު ޕާކު ކުރާނެ ޖާގަ ވެސް ތަނަވަސް ވެގެން ދާނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ވެސް އެ މަގު ހަދައި ނިމުމުން ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.