މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައަޅަން ތައްޔާރު ކުރި ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލަނީ

9 އޭޕްރީލް 2025 - 08:16 1

މުހައްމަދު ޝަހްޒާން

މ

މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް: މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމަކީ އޭނާގެ އިންތިހާބީ ވައުދެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައަޅަން ތައްޔާރު ކުރި ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލަނީ

9 އޭޕްރީލް 2025 - 08:16 1

މާލެ ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ވެހިކަލްގެ އަދަދު ނުވަތަ ކެރީން ކެޕޭސިޓީ ކަނޑައެޅުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީން ތައްޔާރުކުރި ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ކެރީން ކެޕޭސިޓީ ކަނޑައެޅުމަށް ތައްޔާރު ކޮށްފައި އޮތް ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން މާދަމާ ހުޅުވައިލަން ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމް އެވެ. އޭނާ ހުށަހެޅުއްވި ގޮތަށް އެކަން ކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

އާޒިމް ހުށަހެޅުއްވީ އައިޔޫއެމްގެ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށެވެ. އޭނާ ވިދާޅުވީ މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމަކީ ވަރަށް ބޮޑު ނިންމުމަކަށް ވާއިރު، އާންމުންގެ ބަހެއް ނެތި އެކަން ކޮށްގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މީގެ ބޭނުމަކީ ޕަބްލިކާ ވަރަށް ގުޅުންހުރި ކަމަކަށް ވާތީއާ އެއްކޮށް ޕަބްލިކްގެ ހިޔާލާ އެއްކޮށް މިވަރުގެ ބޮޑުކަމެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އަޅުގަނޑު މި ހުށަހަޅައިލަނީ މީތި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ފޮނުވާފައި އަދި ޕަބްލިކަށް ވެސް ހުޅުވައިލަން ދެ ހަފުތާ ވަންދެން ކޮމެންޓު ކުރުމަށްޓަކައި އެ ބޭފުޅުންގެ ކޮމެންޓަށް،" އާޒިމް ވިދާޅުވި އެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގައި ރެޖިސްޓްރީކޮށް ދުއްވާ އުޅަނދުގެ އަދަދު 89،413 ގައި ހިފެހެއްޓުމަށެވެ. އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ 1000 މީހަކަށް 321 ވެހިކަލެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައި ވާގޮތުން:

  • މާލެ ސަރަހައްދުގައި މިހާރު 119،472 ވެހިކަލް ދުއްވާ، އޭގެތެރެއިން 103،300 އަކީ ސައިކަލު
  • މާލެ ސަރަހައްދުގައު މިހާރު ދިރިއުޅޭ ކޮންމެ 1000 މީހަކަށް 473 ވެހިކަލް ބޭނުންކުރޭ
  • އޭގެތެރެއިން ރޯޑް ވާތިނެސް ފުރިހަމަ ކޮށްގެން ދުއްވަނީ އެންމެ 23.5 ޕަސެންޓް ވެހިކަލް
  • 2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 150،074 ވެހިކަލް އެތެރެކޮށްފައިވޭ

އާޒިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ފާސްކުރިތާ ހަ މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ ކަނޑައެޅަން ޖެހޭ ކަމަށެވެ. ލާމަރުކަޒީ ގާނޫނު ފާސްކުރީ 2020 ގަ އެވެ. ނަމަވެސް އޭރު މޭޔަރުކަމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް އޮތީ އޭގެ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ސޮހޮލު

14 days ago

ވަކި ޢަދަދަކަށް ލިމިޓްކުރީމާ އިންސާފު ގެއްލޭނެ. ހުއްދަ ނުދެންޏާ އެއްވެސް އުޅަނދަކަށް ނުދީ. އިމަޖެންސީ އުޅަނދުތައް ނުވަތަ ޢާއްމު މުވާޞަލާތު ފިޔަވައި. އެހެން ނޫނީ ތިކަން ވެސް ވަނީ ބައެއްގެ ޖީބަށް ވަންނަ ފައިސާ ގޯނިތަކަކަށް.