8 އޭޕްރީލް 2025 - 08:52 0
މުހައްމަދު ޝަހްޒާން
އައިޖީއެމް ހޮސްޕިޓަލުގެ އެމާޖެންސީ ގޭޓު ފެންނަ ފޮޓޯއެއް -- ފޮޓޯ: އަދަދު
8 އޭޕްރީލް 2025 - 08:52 0
އއ. ރަސްދޫގައި މާޗު 24، ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
އިތުރު ފަރުވާއަށް އޭނާ އިންޑިއާއަށް ގެންދިޔަކަން ރަސްދޫގެ ކައުންސިލް މެންބަރު، ހަދީޖާ މުނާ ކަށަވަރު ކޮށްދެއްވި އެވެ.
ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނީ 31 އަހަރުގެ ދެމަފިރިންނެވެ. އެ ދެމީހުންނަށް ވެސް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ފަރުވާ ދެމުން ދަނިކޮށް މާޗު 31، ގައި އަންހެން ވަނީ މަރުވެފަ އެވެ. އޭގެފަހުން އޭޕްރިލް 6 ގައި ފިރިހެން މީހާ ވަނީ ވެންޓިލޭޓަރުން ނަގައިފަ އެވެ.
ރަސްދޫ ކައުންސިލްގެ ރައީސް، މުހައްމަދު ނާހިދު މީގެ ކުރިން މި ނޫހަށް ވިދާޅުވީ އެ ދެމަފިރިން ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނީ އެ ދެމަފިރިން އެކަނި ކަމަށެވެ.
އެ ދެމަފިރިންގެ ފަސް އަހަރުގެ ތުއްތު ކުއްޖަކު ހުންނައިރު، އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ކުއްޖާ ކޮޓަރީގައި ނޫޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ނޭނގެ އެވެ. އަދި މިކަމާ ގުޅިގެން ފުލުހުން ވެސް އަދި މިހާތަނަށް އެއްޗެއް ނުބުނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment