8 އޭޕްރީލް 2025 - 07:55 1
ލީވާން އަލީ ނާސިރު
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން: ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް، އޭނާގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ވަނީ ބަލައިގެންފައި -- ފޮޓޯ: އަދަދު
8 އޭޕްރީލް 2025 - 07:55 1
"ގެދޮރުވެރިޔާ" ސްކީމުގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ބަލައިގަންނަން ނިންމައިފި އެވެ.
އެ މައްސަލަ ބެއްލެވީ ހައި ކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދު، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔުގައި ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ މައްސަލައިގައި ރަޖިސްޓްރާގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ގާނޫނީ ސަބަބުތައް ހުރި ކަމަށް ދެކޭ ކަމަށް ވިދާޅުވިއިރު، އެ ރައުުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދު ތާއީދުކުރެއްވި އެވެ.
ނަމަވެސް ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ގެ ރައުޔުގައި ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު ބިނާވަނީ އަމުރު ނެރުމުގެ ހާލަތާ ގުޅޭގޮތުން ކަމަށްވީހިނދު، ދަށު ކޯޓަށް އެ އަމުރުތައް މުރާޖައާ ކުރުމަށް ހުށަހެޅުމަށްފަހު މެނުވީ އިސްތިއުނާފަށް ހުށަހެޅިދާނެ ކަމަށް ނުދެކޭ ކަމަށެވެ.
އެގޮތުން ރަޖިސްޓްރާގެ ނިންމުން މުރާޖައާ ކުރަން އެދި ހުށަހެޅި ކަންކަމަށް ބަލައި އެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ފެންނަ ކަމަށް ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ވިދާޅުވި އެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެންނެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ފެބްރުއަރީ 18، އާ ހަމައަށެވެ.
އެ މައްސަލަ އިސްތިއުނާފު ކުރަމުން އަކްރަމް ފާހަގަކޮށްފައިވާ ގޮތުގައި, ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެކެވެ. އަދި މީގެ ދަށުން ގިނަ ނުކުތާތަކެއް އޭނާގެ އިސްތިއުނާފުގައި ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ އޭސީސީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީގައި އޭނާއާ ސުވާލުކުރި ފަހުން, ޕާސްޕޯޓު ހިފެހެއްޓުމާ ހަމައަށް ވެސް އިތުރު ސުވާލެއްކޮށްފައި ނުވާ ކަަމަށް ވިދާޅުވެފައިވެ އެވެ.
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމުގެ މައްސަލަ ހައި ކޯޓަށް ބަލައިގެންފައިވާއިރު، އޭނާގެ ޕާސްޕޯޓް މިހާރު ވަނީ ދޫކޮށްލާފަ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އޭޖީ ވަކީލު
6 days ago
އަކްރަމް ޕާސްޕޯޓް ހިފަހައްޓާން ގާޒީއަށް މަޖުބޫރުކުރުވި އެކަކު އެއީ އުޝާމް،
Comment