8 އޭޕްރީލް 2025 - 11:05 0
ލީވާން އަލީ ނާސިރު
8 އޭޕްރީލް 2025 - 11:05 0
މި ހިނގާ އެޕްރިލް މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭއައި ޗެޓްބޮޓް މެދުވެރިކޮށް ސަންތި މަރިޔަނބުއާ ވާހަކަ ދެއްކޭނެ ގޮތް ހަދައިފި އެވެ.
އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ ކަލަންޑަރުގެ ތައްޔާރު ކޮށްފައި ވަނީ ދިވެހި ފޯކްލޯ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އެގޮތުން އޭއައި މެދުވެރިކޮށް އެ ޝަހްސިއްޔަތުތަކާ ވާހަކަ ދެއްކޭނެ އެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ އުރީދޫގެ މި އަހަރުގެ ކަލަންޑަރުގައި ހިމެނެ އެވެ.
އެ ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ. މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ. މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަ ދައްކާލެވޭނެ އެވެ.
ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކްވެ އެވެ.
އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫ މޯލްޑިވްސްއާ ގުޅި، ދިވެހިންގެ ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އެ ކުންފުނިން ވަނީ ދައުވަތު އަރުވާފަ އެވެ.
Comment