Advertisement

ވަޓްސްއެޕް ކޯލްތަކަށް އިތުރު ފީޗާތަކެއް ތައާރަފުކުރަނީ

8 އޭޕްރީލް 2025 - 10:05 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ވަޓްސްއެޕުން ޚިދުމަތް ފުރިހަމަ ކުރުމަށް ގިނަފީޗާތަކެއް ދަނީ އިތުރުކުރަމުން --


ވަޓްސްއެޕް ކޯލްތަކަށް އިތުރު ފީޗާތަކެއް ތައާރަފުކުރަނީ

8 އޭޕްރީލް 2025 - 10:05 0

ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ކޯލު ކުރެވޭ ގޮތަށް މަޝްހޫރު މެސެޖިން އެޕްލިކޭޝަން ވަޓްސްއެޕުން އައު ފީޗާތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހާމަކޮށްފި އެވެ.

ވަބެޓާއިންފޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އައު ފީޗާތަކުގެ ތެރޭގައި ކޯލް އެކްސެޕްޓް ކުރުމުގެ ކުރިން މައިކްރޯފޯން މިއުޓް ކުރުމުގެ އިހްތިޔާރު ހިމެނެ އެވެ. މިއީ ހާއްސަކޮށް މީޓިންތައް ފަދަ ތަންތަނުގައި ހުންނައިރު ވަރަށް ބޭނުންތެރި ފީޗަރެއް ކަމަށް ބެލެވެ އެވެ. އަދި ވީޑިއޯ ކޯލްތަކަށް ވެސް އައު އަޕްޑޭޓެއް ގެނެސްފައިވެ އެވެ. އެއީ ކޯލް އެކްސެޕްޓް ކުރުމުގެ ކުރިން ކެމެރާ އޮފްކުރުމުގެ އިހްތިޔާރެވެ.

މީގެ އިތުރުން، ވީޑިއޯ ކޯލްތަކުގައި އިމޯޖީ ރިއެކްޝަންތައް ބޭނުންކުރުމުގެ ފީޗަރ ވެސް ތައާރަފުކުރަން ވަނީ ނިންމާފަ އެވެ. މިއީ ވާހަކަ ދައްކަމުންދާއިރު އިމޯޖީ މެދުވެރިކޮށް ރެސްޕޮންޑް ކުރުމަށް ފަސޭހަވާނެ ގޮތެކެވެ.

ފޮޓޯކްރެޑިޓް: ވަބެޓާއިންފޯ


މި އައު ފީޗާތައް ތައާރަފުކުރާކަން ވަޓްސްއެޕުން އިއުލާން ކޮށްފައި މިވަނީ މި އެޕްލިކޭޝަން މެދުވެރިކޮށް ގިނަ ބަޔަކަށް ސްޕޭމް އަދި ސްކޭމް ފޯނު ކޯލްތަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ނުދަންނަ ނޭގޭ އަދި ބޭރު ނަންބަރުތަކުން އަންނަ ކޯލްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި އިތުރު ހިދުމަތްތަކުން ޔޫޒަރުންނަށް ރައްކާތެރިކަމާއި ކޮންޓްރޯލްގެ އިހުސާސް އަލުން ގެނެސްދޭނެ ކަމަށް ވަޓްސްއެޕުން ބުނެ އެވެ.

ވަބެޓާއިންފޯގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މި ވަގުތު މި ފީޗަރތައް އެންޑްރޮއިޑް ބީޓާ ވަރޝަން 2.25.10.16 ގައި ދަނީ ޓެސްޓް ކުރަމުނެވެ. ނަމަވެސް މި ފީޗަރތައް ހުރިހާ ޔޫޒަރުންނަށް ލިބޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.