Advertisement

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗްކޮށްފި

19 ޑިސެންބަރު 2024 - 09:12 1

ލީވާން އަލީ ނާސިރު

ލ

Advertisement

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗް ކުރުން: ވަޓްސްއަޕުން 24 ގަޑިއިރު ހިދުމަތް ލިބޭނެ -- ފޮޓޯ: އުރީދޫ


އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗްކޮށްފި

19 ޑިސެންބަރު 2024 - 09:12 1

Advertisement

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ތައާރަފްކޮށް، 24 ގަޑިއިރު ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމު ގާއިމު ކޮށްފި އެވެ.

އުރީދޫއިން ބުނީ ވަޓްސްއަޕް މެދުވެރިކޮށް ކަސްޓަމާ ސަޕޯޓް އެކައުންޓެއް ހެދުމަކީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

Advertisement

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާއިރު، އެ ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަރަށް އަހުލުވެރި އަދި ހަރުދަނާ މަގެއް،" އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓުން ލިބޭ ހިދުމަތްތައް:

  • 24 ގަޑިއިރު ކަސްޓަމާ ސަޕޯޓް: ކޮންމެ ވަގުތެއްގައި ވެސް ސުވާލުތަކާއި ހިދުމަތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން.

Advertisement

  • އެންހަންސްޑް ސެކިއުރިޓީ: ވެރިފައިޑް އެކައުންޓް ސްޓޭޓަސް އިން ކަސްޓަމަރުންނަށް މުއާމަލާތަކީ ސައްހަ އަދި ރައްކާތެރި މުއާމަލާތެއް ކަން ޔަގީންކޮށްދޭ.
  • ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންކުރާ ޑިޖިޓަލް ކޮމިއުނިކޭޝަން އެޕް މެދުވެރިކޮށް އުރީދޫގެ ސަޕޯޓް ޓީމާ މެދުކެނޑުމެއްނެތި ވާސިލުވެވޭނެ.
  • ވަޓްސްއެޕްއާ އެކު އެ އިންޓަގްރޭޝަންގެ ސަބަބުން އުރީދޫއަށް އިނޮވޭޓިވް ކަސްޓަމާ އެންގޭޖްމަންޓް ސޮލިއުޝަންތަކަށް ވަޓްސްއެޕްގެ ބޭނުން ހިފުމުގެ ފުރުޞަތު ލިބިގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

    އުރީދޫ މޯލްޑިވްސް އިން ބުނީ އިންޑޯސެޓް އުރީދޫ ހަޗިސަންއާ ގުޅިގެން މި ސޮލިއުޝަން ރާއްޖެއަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ހިދުމަތް ފުޅާކޮށްދިނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

    ކަސްޓަމަރުންނަށް އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް ނަމްބަރު (9609611929) އަށް މެސެޖު ކޮށްގެން މިއަދުން ފެށިގެން ކަސްޓަމާ ސަޕޯޓް ލިބިގެންދާނެ އެވެ.

    އެ ޗެނަލުން ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ބިލިންއާއި ޓްރަބްލްޝޫޓިން އާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ކަންކަމާ ބެހޭ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

    0.00%

    0.00%

    0.00%

    0.00%

    މި ލިޔުން ކިޔާލުމުން


    Advertisement

    Advertisement

    އަލިބެ..

    3 months ago

    ވެރިފައިޑް ވަޓްސްއެޕް ހަދާފައި މުޅިރާއްޖެއިން ލިބޭ މެސެޖްތަކަށް ރިޕްލައި ކުރަން އެންމެ މުވައްޒަފަކު ބެހެއްޓީމަ ރަގަޅުވާނެ. އޭރުން މިހާރުވެސް މެސެނެޖަރއާއި ކަސްޓަމަރ ކެއަރއިން ޖަވާބުލިބޭވަރަށް 10 ވަރަކަށް ގަޑިއިރު ލައިންގަ އިންތިޒާރުކުރަން ޖެހޭނެ. ޙިވަނީ މެސެންޖަރ ކަމުނުގޮސްގެންހެން މިމީހުންނަށް ޚިދުމަތް ނުދެވެނީ!