Advertisement

އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

27 އޭޕްރީލް 2024 - 05:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

27 އޭޕްރީލް 2024 - 05:51 0

އިންޑިއާގައި ވަޓްސްއެޕްގެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެ ޕްލެޓްފޯމާއި ފޭސްބުކް ހިންގާ މައި ކުންފުނި "މެޓަ" އިން ދީފި އެވެ.

މެޓައިން ބުނީ ވަޓްސެޕް ޕްލެޓްފޯމުގެ މެސެޖު އިންކްރިޕްޝަން ހުއްޓާލަން އިންޑިއާއިން އަންގާނަމަ، އެ ގައުމުގައި އެޕް ބޭނުން ކުރުން ހުއްޓާލާނެ ކަމަށެވެ.

އެންޑް-ޓު-އެންޑް އިންކްރިޕްޝަންއަކީ ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ މެސެޖުތައް ރައްކާތެރި ކުރުމަށް ހުންނަ ފީޗާއެއް ކަމަށާއި އެ ފީޗާ އިންޑިއާއިން އެދުނަސް ކަނޑާ ނުލެވޭނެ ކަމަށެވެ.

ވަޓްސްއެޕް ގިނަ މީހުން ބޭނުންކުރަނީ އެ ޕްލެޓްފޯމުގައި މެސެޖުތައް ރައްކާތެރިކަމާއެކު އެކަކު އަނެކަކަށް ފޮނުވޭތީ އެވެ.

އިންޑިއާގައި ވަޓްސްއެޕް 400 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާއިރު، އެ ގައުމަކީ ވަޓްސްއެޕް އެންމެ ގިނައިން ބޭނުން ކުރާ އެއް ގައުމެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުން ސަލާމަތާއި ރައްކާތެރިކަމަށް އަދި ކުށްތައް ކުރުން މަދުކުރުމުގެ ބޭނުމުގައި ސޯޝަލް މީޑިއާ ޕްލެޓުފޯމްތަކާއި، މެސެޖު ފޮނުވާ ޕެލެޓު ފޯމުންތައް ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކުގެ މައުލޫމާތު ސަރުކާރަށް ދޭންޖެހެ އެވެ.