6 ނޮވެންބަރު 2023 - 10:11 0
ރައްޔާން މުހައްމަދު
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން، މެޓާގެ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރާ ކަންކަމާ މެދު އެ ކުންފުނިން އަމަލުކުރާގޮތަށް ގިނަ އަދަދެއްގެ ފާޑުކިޔުން އަމާޒުވެފަ
6 ނޮވެންބަރު 2023 - 10:11 0
ވަޓްސްއެޕްގެ އޭއައި ސްޓިކާ ޖެނެރޭޓަރުގައި "ފަލަސްތީނު" ޖެހުމުން ބަޑި ހިފައިން ތިބޭ ކުޑަކުދިން ދައްކާ މައްސަލައެއް ފެން މަތިވެއްޖެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން ވަޓްސްއެޕުން ވަނީ ޔޫސަރުންނަށް އޭއައި ބޭނުންކޮށްގެން ސްޓިކާ އުފެއްދޭ ފީޗާއެއް ނެރެފަ އެވެ. "ދަ ގާޑިއަން" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އޭއައީގައި "ފަލަސްތީން" ހިމެނޭ ޕްރޮމްޕްޓް ތައް ޖެހުމުން، ބަޑި ހިފައިން ތިބޭ ކުޑަކުދިން ދައްކަ އެވެ.
އެކްސްގައި ކޮށްފައިވާ ޕޯސްޓެއް
ނަމަވެސް "އިޒްރޭލް" ޖެހުމުން މިފަދަ އެއްވެސް މަންޒަރެއް ހިމެނޭ ސްޓިކާއެއް ނާދެ އެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.
"އިޒްރޭލް" ޖެހުމުން އަންނަ ސްޓިކާތައް. ފޮޓޯ: ދަ ގާޑިއަން
މި ފީޗާ ފުރަތަމަ ނެރުމުން ވެސް، ސްޓިކާތަކުގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އެތައް ކަމެއް ހިމެނޭކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެހެން އޭއައި ތަކުގައި ހިމެނޭ ފަދަ "ފިލްޓަރިން" ސިސްޓަމެއް ނެތް ކަމާ، އެކަމުގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ފަދަ ސްޓިކާތަކެއް ވެސް ތައްޔާރު ކުރެވޭކަމުގެ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.
ވަޓްސްއެޕްގެ މައި ކުންފުނި މެޓާގެ ސްޕޯކްސްޕާސަން އެއް ބުނެފައިވަނީ މި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ޔޫސަރުންގެ ފާޑުކިޔުންތަކާ އެކު ފީޗާތައް އިތުރަށް ރަނގަޅު ކުރަމުން އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން، މެޓާގެ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރާ ކަންކަމާ މެދު އެ ކުންފުނިން އަމަލުކުރާގޮތަށް ގިނަ އަދަދެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެގޮތުން ފަލަސްތީނު ރައްޔިތުން ކަމަށް އިންސްޓަގްރާމްގައި ބުނެފައިވާ ބައެއް ޔޫޒަރުންގެ އެކައުންޓްތަކުގެ ބަޔޯ އަށް "ޓެރަރިސްޓް" އިތުރުކުރުމާއި، ފަލަސްތީނު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުގެ ކޮންޓެންޓް ދެއްކުމަށް ހުރަސް އެޅުން ހިމެނެ އެވެ. ނަމަވެސް މި ހަނގުރާމާގައި ވަކި ފަރާތަކަށް އިސްކަންދޭކަމަށް މެޓައިން އިންކާރުކުރެ އެވެ.
Comment