7 އޭޕްރީލް 2025 - 10:06 0
ލީވާން އަލީ ނާސިރު
ދިރާސީ އައު އަހަރު ފެށީ 90،000 އަށްވުރެ ގިނަ ދަރިވަރުންނާއި 11،000 ޓީޗަރުންާ އެކު -- ފޮޓޯ: އަދަދު
7 އޭޕްރީލް 2025 - 10:06 0
ދިރާސީ އައު އަހަރުގެ ކިޔެވުން 90،000 ދަރިވަރުންނާއި 11،000 ޓީޗަރުންނާ އެކު މިއަދު ފަށައިފި އެވެ.
ދިރާސީ އައު އަހަރުގައި ސަރުކާރު ސްކޫލްތަކުގައި 84،000 ދަރިވަރުންނާއި 10،000 ޓީޗަރުން ކިޔަވަމުންދާއިރު، ޕްރައިވެޓް ސްކޫލްތަކުގައި 6،000 އަށްވުރެ ގިނަ ދަރިވަރުންނާއި 1،000 އަށްވުރެ ގިނަ ޓީޗަރުން ހިމެނެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އަދަދު އަށް ވިދާޅުވީ ދިރާސީ އައު އަހަރު ފެށުނީ ރަސްމީ ތައުލީމުން ދަރިވަރުންނަށް ދޭން ޖެހޭ ހައްގު ކަށަވަރު ކުރުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމުނު ފަހުން ކަމަށެވެ.
"އެއީ ފޮތް ކަމުގައި ވިޔަސްމެ، އެއީ ވައުޗަރު ކަމުގައި ވިޔަސްމެ، އެއީ ޓީޗަރުން ކަމުގައި ވިޔަސްމެ، ހުރިހާ އެއްޗެއް ހަމަވާނެ. އަޅުގަނޑު ވަރަށް އުފަލުގައި މިހުރީ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއިން އެއްވެސް ޒަމާނެއްގައި، މިއިން އެއްވެސް ދުވަސްވަރެއްގައި ފޮތްތައް ނުފޮނުވޭހާ ތަރުތީބުކޮށް މިފަހަރު ހުންނާނީ މިފަހަރު ފޮތް ފޮނުވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިފަހަރު އަތޮޅު ތެރެއިން މާލޭގެ ސްކޫލްތަކަށް ކިޔަވަން ހިޖުރަކުރި ދަރިވަރުންގެ އަދަދު މިދިޔަ އަހަރާ ގާތްގަނޑަކަށް އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
މިފަހަރުގެ ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ޖުލައި 24، ގެ ނިޔަލަށް ކުރިއަށްދާއިރު، ދެވަނަ ޓާމްގެ ކިޔެވުން އޮގަސްޓު 10، ގައި ފެށުމަށްފަހު ދަރުވަރުން ޗުއްޓީއަށް ދާނީ ޑިސެމްބަރު 28، ގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment