6 އޭޕްރީލް 2025 - 11:22 1
ލީވާން އަލީ ނާސިރު
ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 34 އަހަރުގެ މީހާ -- ފޮޓޯ: ފުލުހުން
6 އޭޕްރީލް 2025 - 11:22 1
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން މިދިޔަ ހަފްތާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ވ. ކެޔޮދޫ، ތިބުރޯޒުގެ، މުހައްމަދު އަބްދުލްކަރީމް، 34 ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށްގެން މައްސަލަަތައް ބަލާފައިވެ އެވެ.
Comment