ހުޅުމާލޭގައި މިރޭ ޑްރޯން ޝޯއަކާއެކު ހަވާ އަރުވަނީ

30 މާރިޗު 2025 - 11:24 0

އަހުމަދު އާއިދު

އ

މީގެކުރިން މާލޭގައި ހަވާ އަރުވަނީ : ހުޅުމާލޭގައި މިރޭ ޑްރޯން ޝޯ އަކާ އެކު ހަވާ އަރުވަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު


ހުޅުމާލޭގައި މިރޭ ޑްރޯން ޝޯއަކާއެކު ހަވާ އަރުވަނީ

30 މާރިޗު 2025 - 11:24 0

ފިތުރު އީދު ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ޑްރޯން ޝޯ އަކާއެކު ހަވާ އަރުވަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި ޑްރޯން ޝޯ ފަށަނީ މިރޭ 8:30 ގަ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި އެ ޝޯ 30 މިނެޓަށް ކުރިއަށްދާނެ އެވެ.

މީގެއިތުުރުން، މިއަދު ހަމަ އެ ޕާކުގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންދެ އެވެ. އެ ހަރަކާތް ކުރިއަށް ދާނީ 4:00 އިން 6:00 އަށެވެ.

މިރޭ ހަވާ އަރުވަނީ ސިފައިންގެ ވިޔަފާރި ކުންފުނި ސިފްކޯ އިންނެވެ. އެމްއެންޑީއެފް ގެ މީޑިއާ ޓީމުން ފޮނުވި މެސެޖެއްގައި ބުނީ ފިތުރު އީދު ފާހަގަކުރުމަށް މިރޭ 9:00 ގައި ތިން މިނެޓު ވަންދެން ހަވާ އަރުވާނެ ކަމަށެވެ. މި ހަރަކާތްވެސް ކުރިއަށް ގެންދާނީ ސެންޓްރަލް ޕާކުގަ އެވެ.

ފިތުރު އީދު ދުވަހާ ގުޅިގެން މިއަދު ހަވީރު މާލޭ ސަރަހައްދުގައި އާންމު ބޭނުންތަކަށް ވެހިކަލް ދުއްވުން މަނާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުން ކުރި އިއުލާން ބަދަލުކޮށް ހުޅުމާލޭގައި އެ ވަގުތު ވެހިކަލް ދުއްވުން ހުއްދަކޮށްފަ އެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އާމިނަތު ޝަތުފާ ވިދާޅުވީ މިގޮތަށް ބަދަލުކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ އާންމުން، ބޭސްފަރުވާ ފަދަ އަސާސީ ކަންކަމަށް ފުރަތަމަ ފިޔަވައްސަށް ހިނގާފައި ދާން އުނދަގޫވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.