Advertisement

ތެލާއި ތަކެތީގެ އަގުތައް އުފުލެމުން އަންނަ ދަނޑިވަޅެއްގައި އީދު ފާހަގަކުރަން ބޮޑު ހޭދަކުރަނީ!

about 2 hours 0

މާލެ ސިޓީގައި މީގެ ކުރީ އަހަރެއްގައި އީދު ފާހަގަކުރަނީ


ތެލާއި ތަކެތީގެ އަގުތައް އުފުލެމުން އަންނަ ދަނޑިވަޅެއްގައި އީދު ފާހަގަކުރަން ބޮޑު ހޭދަކުރަނީ!

about 2 hours 0

އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލެމުން އަންނަ ދަނޑިވަޅެއްގައި އިމްޕޯޓަށް މުޅިން ބަރޯސާވެފައިވާ ރާއްޖޭގައި ބޮޑު ހޭދަކޮށްގެން ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމައިފި އެވެ.

އެމްއެންޑީއެފްއިން ވަނީ ސަރުކާރުގެ 10 ކުންފުންޏެއް ބައިވެރިކޮށްގެން އެމްއެންޑީއެފް އިސްވެ ތިން ދުވަހަށް މާލެ ސަރަހައްދުގައި އީދު ފާހަގަކުރަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިއުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެޗްޑީސީއާއި، އެސްޓީއޯއާއި، އެމްއޭސީއެލްއާއި، އާރުޑީސީއާއި، އެމްޓީސީސީ އަދި މިފްކޯ ހިމެނެ އެވެ.

"މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް. މި ހަވީރުގައި ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑުގައި،" އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

ކުރިން އަހަރުތަކެކޭ އެއްގޮތަށް މާލޭގެ މަގުތައް ދިއްލަން ބޮކި ޖެހުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. ސަރުކާރުގެ ބައެއް އިމާރާތްތަކުގެ ބޭރުގައި މިހާރު ބޮކި ހަރުކުރަން ވަނީ ފަށާފަ އެވެ. އީދާ ދިމާކޮށް ބޮކި ދިއްލުން ވެގެންދާނީ ތެލުގެ ހަރަދު ބޮޑުވެގެންދާނެ ކަމަކަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ވަނީ އީދު ފާހަގަކުރުމުގެ ކަންކަމާ ގުޅޭގޮތުން އިއުލާންތަކެއް ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

ރާއްޖޭން ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު އޭޝިއާގެ ގިނަ ގައުމުތަކުން ވަނީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.