ރާއްޖެއަށް ވެސް މާދަމާއަކީ ފިތުރު އީދު ދުވަސް

29 މާރިޗު 2025 - 15:32 0

ލީވާން އަލީ ނާސިރު

ލ


ރާއްޖެއަށް ވެސް މާދަމާއަކީ ފިތުރު އީދު ދުވަސް

29 މާރިޗު 2025 - 15:32 0

އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެނުމުން މާދަމާއަކީ ރާއްޖެއަށް ވެސް އީދު ދުވަސް ކަމަށް ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު އިރުއޮއްސުނުފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލު މަހުގެ ހަނދު ނުފެނުނަސް، މާދަމާ ރާއްޖެއަށް ވެސް އީދު ދުވަސް ކަމަށް އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ސާބިތުވެއްޖެ ކަމުގެ ހަބަރު ރަސްމީކޮށް ލިބުމުން ކަމަށެވެ.

"ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މި ހިނގާ މާޗު މަހުގެ 30 ވާ އާދީއްތަ ދުވަހަކީ، 1446 ވަނަ އަހަރުގެ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފިން،" މިނިސްޓްރީން ބުންޏެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކަށް މާދަމާއަކީ ފިތުރު އީދު ކަމަށްވާއިރު، ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ވެސް ކަނޑައެޅީ ހަނދު ނުފެންނަނީސް އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެނުމުންނެވެ.